ފެނަކަ އިން ހިންގާ މި މަޝްރޫއުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙުމަދު ސައީދު އާއި މަޑިފުށި ކައުންސިލްގެ ރައީސް އިސްމާއިލް ހިލްމީ އަދި ވިލިފުށި ދާއިރާގެ ރައީސް އިސްމާއިލް ރަޝީދު ގާސިމްއެވެ.
ކުރިއަށް އޮތް ހަތް މަސް ދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށާއި، އެންމެ ލަސް ވެގެން ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށް ފެނަކަގެ އެމްޑީ އަޙުމަދު ސައީދު ވިދާޅުވިއެވެ.
މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ރަނގަޅު ފެންވަރެއްގައި ހުއްޓާ އާ އިންޖީނު ގެއެއް އަޅަން ޖެހުނީ، ރަށުގެ ބޮޑު ބައެއް ހިއްކުމުގެ ސަބަބުން އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން އެކަމުގެ އުނދަގޫ ރައްޔިތުންނަށް ވާތީ ކަމަށް މަޑިފުށީ ކައުންސިލްގެ ނައިބު ރައީސް އައްބާސް އަހުމަދު ވިދާޅުވިއެވެ.