ads
އީގަލްސް އަދި ތިމްޕޫގެ ކޯޗުން އަދި ކުޅުންތެރިން
އޭއެފްސީ ކަޕަށް ފުރިހަމައަށް ތައްޔާރު: އީގަލްސް
އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުންނަށް ފުރިހަމައަށް ތައްޔާރުކަމަށް ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ. އީގަލްސްއާ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު ރަސްމީ ދަނޑުގައެވެ.

މިއީ އޭއެފްސީ ކަޕުގައި އީގަލްސްގެ ފުރަތަމަ އިމްތިހާނު ނަމަވެސް، ޝާޒްލީގެ ދެވަނަ އިމްތިހާނެވެ. ޝާޒްލީވަނީ މީގެ ކުރިން ޓީސީ ގޮވައިގެން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗަކަށް ނުކުމެފައެވެ. އެހެންނަމަވެސް އެ މެޗުން ޓީސީވީ ބައްޔެވެ.

ޝާޒްލީ ބުނީ އީގަލްސް އޮތީ މިހާރު އޭއެފްސީ ކަޕުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޓީމުގައި ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމަކީ އީގަލްސްއަށް ލިބޭނެ ފައިދާއެއް ކަމަށް ޝާޒްލީ ބުންޏެވެ.

"މިއީ އީގަލްސްގެ ފުރަތަމަ މެޗު. ގަބޫލުކުރެވެނީ އީގަލްސް އަށް ރަނގަޅަށް ތައްޔާރުވެވިއްޖެއޭ. ދެން މިހާލަތާ ގުޅިގެންތާ ވާހަކަ ދައްކަން ޖެހެނީ. ދެން އަބަދުވެސް ކަންކަމުގައި އޮންނާނެ ދެކޮޅު. އެ އަށް އެހާ ބޮޑަކަށް ނުވިސްނަން. ދެން ލީގުގެ ދެ މެޗާ އެއްކޮށް ފުދޭ ވަރަކަށް ރަނގަޅަށް ތައްޔާރުވެއްޖެ،"

އޭއެފްސީ ކަޕް ކޮލިފައިންގގެ ފުރުސަތު އީގަލްސްއަށް ލިބުނީ މި ދިޔަ ސީޒަންގެ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އީގަލްސްއިން އޭއެފްސީ ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރުވެސްމެވެ. އީގަލްސް ހޮޓެލް ޖެންގައި ކޭމްޕުކޮށްގެން ތިބިއިރު، އީގަލްސްއާ ވާދަކުރަން ތިމްޕޫ ސިޓީ އެފްސީވަނީ ހޯމަ ދުވަހު މެންދުރު ފަހު މާލެ އައިސްފައެވެ. ތިމްޕޫ ސިޓީ އެފްސީ ޓީމު ތިބެނީ އުނިމާ ގްރޭންޑް ހޮޓަލުގައެވެ. އެ ޓީމުންވަނީ އަންގާރަ ދުވަހު ރަސްމީ ދަނޑުގައި ފަރިތަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް