ads
މެމްބަރު ހަސަން އަހުމަދު
ސައިކަލު ޖޫރިމަނާގެ ފައިސާ އުވާލަން އެދިއްޖެ
ދިވެހި ހުރިހާ ޒުވާނުންގެ ސައިކަލު ޖޫރިމަނާގެ ފައިސާ އުވާލުމަށް ދިވެހި ސަރުކާރުގެ އަރިހުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެދިއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ރެވެނިއު ސްޓޭމްޕް އުވާލުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
Advertisement

އެގޮތުން ހަސަން ވިދާޅުވީ ސައިކަލު ތަކުގެ ޖޫރިމަނާ އުވާލަން ޖެހޭ ކަމަށާއި، އެ ޖޫރިމަނާތައް ހުރުމުން އަހަރީ ފީ ދެއްކުމަށް ވެސް ޒުވާނުންނަށް ދަތި ތަކެއް ކުރިމަތި ވެފައި ވާ ކަމަށެވެ. އަދި މި ފައިސާތައް ނުދައްކާ އިންޝުއަރޭންސް އާ ނުކުރެވޭތީ އިންޝުއަރެންސްގެ ހިދުމަތް ވެސް އެ ފަރާތްތަކަށް ލިބެމުން ނުދާތީ މި ޖޫރިމަނާތައް މިހާރުން މިހާރަށް މައާފު ކޮށްދޭން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ރެވެނިއު ސްޓޭމްޕް އުވާލުމަށްވެސް އެބޭފުޅާ ތާއީދު ކުރައްވާ ކަމަށާއި، އަދިވެސް ރައްޔިތުންނަށް އުނދަގުލާއި ދަތިތައް ވާ ގޮތަށް ބައެއް ގާނޫނުތައް ހުރުމުން އެ ގާނޫނުތައް ވެސް އުވާލަން ޖެހޭ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ. 

އަދި ބޭނުން ވަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ގަވައިދުތައް ހެދުން ކަމަށާއި، ކުރީގައި ރައްޔިތުން ހޮސްޕިޓަލް ތަކަށް 10،000 ރުފިޔާ ދީފައި ދާން ޖެހުނު ނަމަވެސް މިހާރު ފެރީގެ ނިޒާމު ގާއިމު ކުރުމުން، 10 ރުފިޔާ ދިއްކޮށްލާފައި ދެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ. 

ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާ ގެ މެމްބަރު ޢަލީ އާޒިމް، ގާނޫނު ނަންބަރު 70/4ޖ، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް ބިލު ހުށަހެޅުއްވީ ވިޔަފާރިތަކަށް މި ފައިސާ ދެއްކުން އުނދަގޫ ކަމަކަށް ވެފައި މި ފައިސާ ދެއްކޭނެ އެހެނިހެން ނިޒާމުތައް ހަމަޖެހިފައި ވާތީ ކަމަށެވެ. 

މީގެ އިތުރުން މި ނިޒާމުގެ ދަށުން ލިބެމުން އަންނަ އާމްދަނީ ކުޑަ ވެފައި ސްޓޭމްޕްތައް ޕްރިންޓު ކުރުމަށް ބޮޑު ހަރަދެެއް ދިއުމުގެ އިތުރުން ސަރުކާރުން ޖަހާ އެކިއެކި ރެވެނިޔު ސްޓޭމްޕްތައް ޖެހުމުގައި ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް