ads
މޫސާ ލަތީފް ފޮޓޯ:-- މިހާރު
"މިހާރު" ނޫހުގެ އެޑިޓަރ މޫސާ ލަތީފް އިސްތިއުފާ ދެއްވައިފި
"މިހާރު" ނޫހުގެ އެޑިޓަރ މޫސާ ލަތީފް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"މިހާރު" ނޫހުގެ އެޑިޓަރ މޫސާ ލަތީފް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

މޫސަ އިސްތިއުފާ ދެއްވި ސަބަބު އަދި ހާމަކުރައްވާފައެއް ނުވެއެވެ. 

ތަޖުރިބާކާރު ނޫސްވެރިޔާ، މޫސާ ލަތީފް އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެއްޓެވީ 1989 ވަނަ އަހަރު "ހަވީރު" ނޫހުގެ ރިޕޯޓްރެެއްގެ ގޮތުގައެވެ. "ހަވީރު" ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައިވާ މޫސަ، "މިހާރު" ނޫހާއި ގުޅިވަޑައިގަތީ 2016 ވަނަ އަހަރު އެވެ. 2016 ވަނަ އަހަރު "މިހާރު" ނޫސް ވުޖޫދުވި ހިސާބުން ފެށިގެން އެނޫހުގެ އެޑިޓަރގެ މަގާމް ފުރުއްވާފައިވަނީ މޫސަ އެވެ. 

މޫސާ ލަތަފީ ވަނީ 2001 ވަނަ އަހަރު ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން ސަރުކާރުގެ އާއްމު ހިދުމަތުގެ އިނާމް ހާސިލު ކުރައްވާފައެވެ. އަދި އޭގެ އިތުރުން ނޫސްވެރިކަމުގެ ރަންޔޫބީލް އަހަރު، 1993 ގައި ދިވެހި ސަރުކާރުގެ "ރިހި ގަލަން" އަދި އަލިމަސް ޔޫބީލް އަހަރު، 2018 ގައި މީޑިއާ ކައުންސިލްގެ "އަލިމަސް ގަލަން" ވެސް ހާސިލު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް