ބޮލީވުޑްގެ ކާމިޔާބު ފިލްމު ސީރީޒް "ހައުސްފުލް 4" ލީކުވެއްޖެ އެވެ.

Advertisement
ބޮލީވުޑްގެ ކާމިޔާބު ފިލްމު ސީރީޒް، "ހައުސްފުލް 4" ލީކުވެއްޖެ އެވެ.
"ހައުސްފުލް 4" ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމު ނެރުނުތާ އެއްދުވަސް ނުވަނީސް ތަމިލްރޮކާސް އިން ވަނީ ފިލްމު ލީކުކޮށްލާފަ އެވެ. ތަމިލްރޮކާސް އިން ވަނީ މިއަހަރު ނެރެނު ގިނަ ބޮލީވުޑު ފިލްމުތައް ލީކުކޮށްލާފަ އެވެ.
ފަރުހާދު ސަމްޖުހީ ޑައިރެކްޓް ކުރާ ހައުސްފުލް 4 ގައި އަކްޝޭ ކުމާރާއި، ރިތޭޝޭ ދޭޝްމުކް އާއި، ކްރިތީ ސެނޮން އާއި، ސަންޖޭ ދަތާއި، ބޮބީ ޑިއޯލްއާއި، ޕޫޖާ ހިންޖްގެ އިތުރުން ޗަންކީ ޕާންޑޭ، ރާނާ އަދި ޝަރަދް ކެލްކަރް ފެނިގެންދެ އެވެ.
މިފިލްމަށް ގިނަ ބައެއްގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވާއިރު ހައުސްފުލްގެ އެހެން ފިލްމުތަކޭ އެއްފަދައިން ވަރަށް މަޖާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.