ads
ކުރީގެ އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް ފައިރޫޝް ސެލްފީއެއް ނަންގަވަނީ:-
ފައިރޫޝްގެ ނަމުގެ ސްޕެލިން ބަދަލުވެއްޖެ!
ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، ޑރ. އަބްދުﷲ ފައިރޫޝް ނަން ލެޓިންއިން ޖައްސަވާފައިވާއިރު، phairoosch މިގޮތައް ހުރުމުން ގިނަބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ސަބަބަކީ އާންމުކޮށް ފައިރޫޝް ލެޓިން އިން ޖަހާފައި އޮންނަނީ Fairoosh ކަމަށް ވާތީއެވެ. 

ނަމަވެސް އެސިސްޓަންޓު ކޮމިޝަނަރުކަމުގައި ހުންނެވިއިރު، ފައިރޫޝްގެ ނަން ފުލުހުންގެ މުއައްސަސާގެ ލިޔެކިޔުންތަކުގައި ވެސް ޖަހާފައިވަނީ Phairoosch އެވެ. ޓެގްގައި ވެސް ސްޕެލިން ޖަހާފައި އޮންނަނީ އެގޮތަށެވެ. 

your imageފައިރޫޝް ޕްރޮސް ކޮންފަރެންސްއެއްގައި ފޮޓޯ ސޯޝަލް މީޑިއާ

ފައިރޫޝްގެ ސޯސަލްމީޑިއާ ޕްލެޓްފޯމް ތަކުގައި ވެސް އޭނާގެ ނަން އޭރު ޖައްސަވާފައި އޮންނަނީ Phairoosch އެވެ. އެންމެ ފަހުން ރިޓަޔާ ކުރެއްވިއިރު ފުލުހުންގެ ކާޑުގައި ސްޕެލިންޖަހާފައި އޮތީ Phairoosch އެވެ. 

ފައިރޫޝްގެ ނަމުގެ ސްޕެލިން ބަދަލު ކުރެއްވީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ކުރިން ފައިރޫޝް ނަން ލިޔުއްވި ގޮތަކީ ގިނަބައެއްގެ ސަމާލުކަން ލިބުނުގޮތެވެ. 

ފައިރޫޝް ރިޓަޔާކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގަ އެވެ.

ފައިރޫޝް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހެވެ. އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްވެވަޑައިގެންނެވީ 31 މާޗު 2012 ގަ އެވެ. 

your imageކުރީގެ އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް ފައިރޫޝް

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ.

19%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް