އެގޮތުން އަނުޝްކާ ވަނީ އޭނާގެ ފިރިމީހާ ވިރާޓް ކޯލީ އުރާލާ ވީޑިއޯ އެއް އިންސްޓާގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި އެވެސް އުނދަގުލަކާ ނުލައި އަނުޝްކާ ވިރާޓް ވަނީ ދެފަހަކަށް ބިމުން މައްޗަށް ހިއްލާލާފަ އެވެ.
އަނުޝްކާގެ ބާރުގަދަކަން ފެނި ގިނަ ބެލުންތެރިން ވަނީ އާޝޯހުވެފަ އެވެ. އަދި އަނުޝްކާ އޭނާ ބާރުގަދަވީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެސް ވެއެވެ.
އަނުޝްކާ ވިރާޓް އުފުއްލާލަނީ
އެ ސުވާލުތަކަށް އަނުޝްކާ ދިނީ އެންމެ ޖަވާބެކެވެ. ސިއްހަތު ރަނގަޅުގޮތުގައި ބަހައްޓައިގެން، ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން ކަސްރަތުކޮށްގެން ކަމަށެވެ.