ads
އިމްރާން ހާން-
އަންހެނުން ހެދުން އަޅާގޮތާ ރޭޕްއާއި ގުޅުވުމުން އިމްރާން ހާން ހޫނުފެނަށް!
އަންހެނުން ހެދުން އަޅާގޮތާ ރޭޕްއާއި ގުޅުވުމުން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
Advertisement

ލައިވް ޓީވީ އިންޓަވިއުއެއްގައި އޮކްސްފޯޑުން ތައުލީމު ހާސިލްކުރެއްވި އިމްރާން ވިދާޅުވީ ފަހަކަށް އައިސް ޕާކިސްތާނުގައި ރޭޕްގެ މައްސަލަ އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށެެވެ. އަދި ރޭޕް މަދުކުރުމަށް އަންހެނުން ހަށިގަނޑު ނިވާ ކުރަންވެސް ބޮޑު ވަޒީރު އިމްރާން ނަސޭހަތްތެރިވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ އަންހެނުންގެ ނަފްސު ރައްކާކުރުމަށް އައުރަ ނިވާކުރުން މުހިއްމު ކަމަށެވެ. އަދި އެންމެނަކީ އެމީހުން ނަފްސު ކޮންޓްރޯލް ކުރެވޭނެ ބައެއް ނޫން ކަމަށް ބޮޑުވަޒީރު އިމްރާން ވިދާޅުވިއެވެ. 

އިމްރާން ވަނީ ރޭޕްކުރަން ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅުދައްކަވާފަ ކަމަށް އެތައް ސަތޭކަ މީހުން ސޮއިކޮށް ނެރުނު އޮންލައިން ބަޔާނެއްގައި ބުނެފައިވެއެވެ. 

އަދި ރޭޕްކުރުމުން ކުށްވެރި ވާނީ ރޭޕް ކުރި މީހާ ކަމަށާއި އިމްރާންގެ ވާހަކަފުޅުން ރޭޕް އަނިޔާ ލިބޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ސިފަވާ ކަމަށް އެބަޔާނުގައި ބުނެއެވެ. އޭގެ އިތުރުން ބަޔާނުގައި ބުނީ މުޖުތަމައުތެރޭ ރޭޕިސްޓުން ގިނަ ވަނީ ވެރިންގެ ފަރާތުން އެކަހަލަ ނާތަހުޒީބު ވާހަކަތައް އިވޭތީކަމަށެވެ.

your imageރޭޕާއި ދެކޮޅަށް މުޒަހާރާ ކުރަނީ

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަން އިން ވަނީ ބޮޑުވަޒީރުގެ ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ރޭޕް އާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކުން ކުށް ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާއިރު ރޭޕްގެ އަނިޔާ ލިބި ސަލާމަތްވެފަ ތިބި މީހުންނަކީ ކުށްވެރިން ގޮތުގައި ސިފަވާ ކަމަށެވެ.

ޕާކިސްތާނުގައި ރޭޕްގެ ޝިކާރަކަށްވާ މީހުންނާމެދު ކުށްވެރި ނަޒަރަކުން ބެލުމަކީ އާއްމު ކަމަކަށްވާއިރު، މަދު ފަހަރަކު ނޫނީ ރޭޕްގެ މައްސަލަތަކުގައި ސީރިއަސް ތަހުގީގެއް ކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރު ޕާކިސްތާނުގަ ހިނގި ރޭޕް ކޭސްއެއްގައި ފުލުހަކު ރޭޕް ވިކްޓިމް އާ ދިމާލަށް ރޭޕްކުރަން މެދުވެރިވީ އެކަނި ދަންވަރު ގަޑީގަ ބޭރުގަ އުޅޭތީ ކަމަށް ބުނުމުން އެގައުމުގައި ވަނީ އެފުލުސް މީހާއާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް