ads
ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ސަދަން އޭރިއާގައި ސާވިސްކޯގެ ކޮމްޕޯނެންޓެއް ގާއިމުކޮށްފި
އެމްއެންޑީއެފް ސަދަން އޭރިއާގައި ސާވިސްކޯގެ ކޮމްޕޯނެންޓެއް ގާއިމުކޮށްފިއެވެ.

ސާވިސްކޯގެ މިކޮމްޕޯނަންޓްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން އަވަސް ކަމާއި އެކު ހިދުމަތް ފޯރުކޮށްދިނުމަށް އޭރިއާގައި ހިންގާ ތަފާތު އޮޕަރޭޝަންތަކަށް، ބޭނުންވާ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމެވެ.

މިއަދު ގާއިމުކުރި ސާވިސްކޯ ކޮމްޕޯނަންޓްގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގާ އޮޕަރޭޝަންތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.  

މިއީ ސިފައިންގެ އާ ކެޕްސްޓޯން ޑޮކްޓަރީން ގައިވާ ގޮތުގެ މަތިން، ސިފައިންގެ އަސްކަރީގާބިލް އިތުރުކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގާއިމްކުރެވުނު ހިދުމަތެކެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސާވިސްކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގާއި ސަދަން އޭރިއާގެ ކޮމާންޑާ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން ސާވިސްކޯގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް