މި ވީޑިއޯއިން ފެންނަނީ ބިދޭސީ ދެ މީހަކު ޒުވާބުކުރާ މަންޒަރެވެ. ނަމަވެސް ދެ ބިދޭސީން ވެސް ޒުވާބު ކުރަނީ ދިވެހި ބަހުންނެވެ.
ވީޑިއޯއިން ފެންނަގޮތުން އަންހެންމީހާއާއި ފޮށުމުން އޭނާ ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ގިނަ އެއްޗެހިޔަކެއް ފޮށުނު މީހާއާއި ދިމާލަށް ކިޔާފައެވެ. ރައްދުގައި ފޮށުނުކަމަށް ތުހުމަތުކުރާ މީހާ ވެސް ވަނީ ޒުވާބު ކޮށް އަންހެންމީހާއާއި ދިމާލަށް ތަފާތު އެއްޗެހި ކިޔާފައެވެ.
މަގުމަތިން އަންހެނުނާއި ފޮށުމުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ޖަމިއްޔާތަކުން ކުރި ނަމަވެސް، މަގުމަތިން ފޮށި ފުރައްސާރަކުރާ މީހުން މަދެއް ނުވާކަމަށް ބައެއް މީހުން ބުނެއެވެ.
މީހުންނާއި މަގުމަތިން ފޮށި ފުރައްސާރަ ކުރުމަކީ ގާނޫނީ ކުށެކެވެ.