ads
މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން
ޗައިނާގެ ސަފީރު، އަބްދުއްރަޙީމްގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ޕީޕީއެމް އޮފީހުގައެވެ. އެބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ދެއްކެވި ވާހަފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަނީ ވަރަށް ގާތްކުޅުމެއްކަން ފާހަގަކުރައްވައި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި ޗައިނާއިން ރާއްޖެއާ އެކު ބޭއްވެވި އެކުވެރިކަމާއި ވެދެއްވާފައިފައިވާ ގިނަގުނަ އެހީތައް ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ. ޕީޕީއެމްގެ ވެރިކަމެއްގައި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ޗައިނާގެ ވެރިކަން ކުރާ ޕާޓީއާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.  

ޗައިނާ ސަފީރުވަނީ ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ ޗައިނާގެ ވެރިކަން ކުރާ ޕާޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. 

މިބައްދަލުކުރެއްވުމުގައި ޕީޕީއެމްއާއި ޕީއެންސީގެ ނައިބު ލީޑަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް