ads
އިނގުރައިދޫގައި ހިނގި ހާދިސާގައިި ގެއްލުންވި ގެ ---
އިނގުރައިދޫ ގެއެއްގައި އެއްޗެއް ގޮވާ ދެމީހަކަށް އަނިޔާ ވެއްޖެ
ރ. އިނގުރައިދޫ ގެއެއްގައި އެއްޗެއް ގޮވާ ދެމީހަކަށް ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެއެވެ.
Advertisement

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ރައީސް އިސްމާއިލް އަބްދުއްރަޝީދު ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައިވަނީ ދެ އަންހެނުންނަށް ކަމަށެވެ. 

އެގޮތުން ދެމީހުންވެސް މިހާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްމާއީލް ވިދާޅުވީ ޒަހަމްވި ދެމީހުންނަކީވެސް އެގޭގައި އުޅެ މީހުންކަމަށެވެ.  

ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކީ ހިތުގެ ބައްޔެއް ހުންނަ، ގިނަ ދުވަސް ވަންދެން ބޭސްކާ މީހެއް ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ އެމަޖެންސީގައި ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. މީގެ އިތުރުން ހާދިސާ ހިނގި ވަގުތު އެ އަންހެން މީހާ ހުރީ ގޭގެ ކޮޓަރިއެއްގައި ކަމަށް އިސްމާއީލް މައުލޫމާތު ދިނެވެ.

މި ހާދިސާގައި ދެން އަނިޔާވެފައިވަނީ ދުވަސްވީ މީހަކަށެވެ. ހާދިސާ ހިނގި ވަގުތު އެ އަންހެންމީހާ ހުރީ ބަދިގޭގައި ކަމަށް އިސްމާއީލް މައުލޫމާތު ދިނެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އިސްމާއީލް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު އިތުރު ފަރުވާއަށް އެ އަންހެންމީހާ މާލެ ފޮނުވުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށް އިސްމާއީލް ފާހަގަ ކުރެއްވި އެވެ. 

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ އިނގުރައިދޫ ގުލްހަޒާރުގޭގައި "ގޭސް އެކްސްޕްލޯޝަނެއް" ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުގައި ޅ. ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް