ads
ފޮޓޯ--ސަން
ހޫނުގައި ތިބެންޖެހޭތީ ކަލާފާނު ސްކޫލުގެ ބައެއް ޓީޗަރުންގެ ޝަކުވާ ބޮޑުވެއްޖެ!
ޓީޗަރުން ބުނަނީ ސްކޫލުގެ މެނޭޖުމަންޓުން ތަފާތު ކުރުން ގެންގުޅޭކަމަށް
ކަލާފާނު ސްކޫލްގައި ގްރޭޑް ފަހެއް އަދި ހައަކަށް ކިޔަަވައިދޭ ބައެއް ޓީޗަރުން ހޫނުގައި ތިބެންޖެހޭތީ އެކަމާއި އެމީހުންގެ ތެރެއިން ބައެއް ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ނަން ހާމަނުކުރުމަސް ޝަރުތުކޮށް ހޫނުގައި ތިބެންޖެހޭ ބައެއް ޓީޗަރުން ވަނީ ސީއެންއެމް އަށް މައުލޫމާތު ދީފައެވެ. 

އޭގެތެރެއިން ގިނަ ޓީޗަރުން ތުހުމަތު ކުރަނީ އެމީހުން ހޫނުގައި ތިބެންޖެހެނީ ސްކޫލުގެ މެނޭޖުމަންޓުން ޓީޗަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށެވެ. ސަބަބަކީ ބައެއް ޓީޗަރުން މަސައްކަތް ކުރަން އޭސީ ތަނެއްގައި ބައިތިއްބާފައިވާއިރު، އަނެއްބައި ޓީޗަރުން އޭސީ ވެސް ނެތް ތަނެއްގައި ބައިތިއްބާފައިވުމެވެ. 

އެގޮތުން ކޮވިޑް 19 ގެ ހާލަތުގައި ސްކޫލުތައް މިއަހަރު ހުޅުވާލި އިރުގައި ގައިދުރު ކުރުމުގެ ނަމުގައި ބައެއް ޓީޗަރުން ގެ ޑެސްކު އަތުރާފައި ހުންނަނީ އޭސީކޮށް މޮޅު ފެންވަރުގައި ހަދާފައިވާ ސްޓާފް ރޫމުގައިކަމަށް ޓީޗަރުން ބުނެއެވެ.  އަނެއްބައި ޓީޗަރުންގެ ޓެސްކު ޖަހާފައި ހުރީ ސްޓާފް ރޫމުން ވެސް ބޭރުގައެވެ. 

"ގައި ދުރުކުރުމުގެ ނަމުގަ މިގޮތައް އޭސީ ވެސް ނެތް ތަނެއްގަ ބައިތިއްބާފަ މިތިބީ ހޫނުގަނޑު ތެރޭގަ. ސްޓާފް ރޫމްގައި ހުންނަ މޭޒުތައް ހުންނަނީ ބިއްލޫރިން ހަދާފަ. މަޑު ކަފަލީ ގޮނޑި ހުންނަނީ އެތާންގަ. ކޯރިޑޯ ތެރޭގަ ތިބޭ ޓީޗަރުން ތިބެނީ ދެރަ މޭޒުތަކެއްގަ. ހުންނަނީ އެނބުރޭ ފަންކަލެއް. ފިންޏެއްވެސް ނުވޭ،" - ޓީޗަރެއް -

މޭޒުތައް ވަކިކޮށް ނަންޖަހާފައި ހުރުމުން ހޫނުގައި ތިބެންޖެހޭ ޓީޗަރުންނަށް ކުރެވޭނެކަމެއް ވެސް ނޯންނަކަމަށް އެ ސްކޫލުގައި މިކަމާ ކަންބޮޑުވާ ޓީޗަރުން ބުންޏެވެ. 

ބޭރުގައި ތިބޭ ޓިޗަރުންގެ ބައެއް މީހުން ބުނީ އެމީހުން "ފިނިކޮށްލަން ސްޓާފް ރޫމުގައި އިށީނަސް" އެމީހުން އެތަނުން ނަގައި ސްޓާފް ރޫމުން ބޭރުކޮށްލާކަމަށެވެ. 

"ސްޓާފް ރޫމާ ދުރުގައި ތިބޭ ޓީޗަރުން ބޭރުގައު ތިބެން ޖެހެނީ ވެސް. ވަރުބަލިކަން މަތީގައި ކޮފީއެއް ހަދައިލައިގެންވެސް ގޮސް ތިބެން ޖެހެނީ ހޫނު ގަނޑުގެ ތެރޭގައި." -ޓީޗަރެއް-

ބައެއް ޓީޗަރުންނާ މެދުގައި އަމަލުކުރަމުންދަނީ ވަރަށް އިހާނަތިކޮށް ކަމަށާއި އެއީ އިންސާނުންނާ މެދުގައި ކުރަން ހެޔޮނުވާނޭ ކަމެއް ކަމުށް ބުނާ ޓީޗަރުން ވެސް އެ ސްކޫލުގައި އެބަތިއްބެވެ. 

your imageކަލާފާނު ސްކޫލްގެ ޓީޗަރުންގެ މޭޒުތަކުގައި ނަންޖަހާފައި:

"އެއްޓީޗަރަކު އެކަމުގެ ޝަކުވާކުރީމަ އެނާ ސްޓާފް ރޫމަށް ބަދަލުކުރި. ނަމަވެސް އެހެން ޓީޗަރުން އަދިވެސް ތިބެން ޖެހެނީ ކޯރިޑޯގަ،" 

 

ހުރިހާ ޓީޗަރުން ވެސް މަސައްކަތުގައި ބުރަކޮށް އުޅެފައި އަބަދު ވެސް އަންނަނީ ސްޓާފް ރޫމަށް ކަމަށެވެ. އެއީ ހަމަޖެހިލައިގެން އަރާމު މާހާއުލެއްގައި މަސައްކަތް ކުރުމަށެވެ. ނަމަވެސް މިހާރު ގަވާއިދު ހަދާފައިވާ ގޮތުން ނަސީބުވެރި ޓީޗަރުން ފިނީގައި ތިބެފައި ބަދު ނަސީބު ޓީޗަރުން ތިބެން ޖެހެނީ ހޫނުގައި ކަމަށް ވުމުން ޓީޗަރުން ކުރާ މަސައްކަތްތަކުގެ ޕްރޮޑަކްޓިވިޓީ ވެސް ގެއްލޭކަމަށް ވެސް ޓީޗަރުން ބުނެއެވެ. 

މިކަމާ ގުޅިގެން ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަހްމާން ވިދާޅުވީ ސްކޫލުގައި ގަވާއިދުތަށް ހަދާފައިވާނީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ހުރިހާ އެންމެންގެ ލާބައަށްހަދާފައިވާ ގަވާއިދު ތަކެއް ކަމަށެވެ. އަދި ޓީޗަރުންގެ މެދުގައި އެސްކޫލުން ތަފާތުކުރުން ނުގެންގެޅޭކަމަށެވެ. 

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް