ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: ސީއެންއެމް
ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތަކެއް ހިންގަނީ!
ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ހަތް ކޯހެއް ހިންގުމަށް ތިން އިންސްޓިޓިއުޓް އަކާއިއެކު އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއީ ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަ ޕްރޮގްރާމް "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސް ތަކެކެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ.އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި ޒުވާނުންގެ ގާބިލު ކަމާއި ހުނަރުވެރިކަން އިތުރުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ޒުވާނުން މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ގައުމަށް ހިދުމަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

މީގެ އިތުރުން ޕްރައިވެޓް ސެކްޓާ އާއިއެކު އުފެދިގެން މިދަނީ އުފާވެރި ގުޅުމެއްކަމާއި، ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުދޭ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

 އެހެންކަމުން އަބަދުވެސް ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާ ނިންމާލުމުގެ ގޮތުން ޕްރައިވެޓް ސެކްޓާގެ ފަރާތުން ވިލާކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބުގެ ވާހަކައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން އަށާއި މިނިސްޓްރީގެ މުވައްޒަފުން މިދާއިރާއަށް ކޮށްދެއްވާ މަސައްކަތް ތަކަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް