ads
ފޮޓޯ--ފެނަކަ
ފުވައްމުކަލުގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާނަން: ސައީދު
ފުވައްމުލަކު ނަރުދަމާއަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީ ސައީދު މިހެން ވިދާޅުވެފައި ވަނީ ފުވައްމުލަކުސިޓީގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.  

ސައީދު ވިދާޅުވީ ފުވައްމުލަކުގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ސިޓީގެ ރަށްޔިތުންނަށް ދޭ ކަމަށެވެ.

އިއްޔެ މަސައްކަތްފެށި އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެއެެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.

އިއްޔެ މަސައްކަތް ފެށި ފުވައްމުލަކު ސިޓީގެ އާ އިންޖީނުގޭގެ މަޝްރޫއާއެކު އެ ހަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އާ އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫއުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ގާބިލުކަން އެރަށު އިންޖީނުގޭގަ ހުންނާނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް