އެމީހުން އެ މިސްކިތައް ހަމަލާ ދިފައި ވަނީ ކުލަ ބޮމާއި، ލަޓި ބުރި ފަދަ ތަކެތި ބޭނުންކޮށްގެނެވެ.
މިސްކިތުރުގެ އިތުރުން ފްރާންސްގައި ހުންނަ ތުރުކީގެ ކަލްޗަރަލް ސެންޓަރަކަށް ވެސް ޓެރަރިސްޓުން ވަނީ ހަމަލާ ދީފައެވެ.
މި ހަމަލާގެ ވީޑިއޯއެއް އަންނަނީ ފްރާންގެ ބައެއް މީޑިއާތަކުން ދައުރުކުރަމުންނެވެ.
މިހަމަލާ ތަކުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެއެވެ.
ހުކުރު ދުވަހާއި ދިމާކޮށް މުސްލިމުނަށް ފުރައްސާރަކޮށް، މިސްކިތްތަކަށް ގެއްލުން ދިނުންފަދަ އަމަލުތައް ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ދޭތެރެދޭތެރެއިން ހިންގައެވެ.
މި މައްސަލައާއި ގުޅިގެން ބައެއް މީހުން ހައްޔަރުކުރުމުގެ މައްސަކަތް ކުރަމުން އަންނަކަމަށް ފްރާންގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.