އެގޮތުން އެގައުމުގެ ޕްރައިމް މިނިސްޓަރު ރަލްފް ގޮންސަލްވެސް ރެޑް އެލާޓު ނެރުއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި އޯޑަރު ނެރުމުގެ ކުރިން ހަފްތާއެއްހާ ދުވަސް ވަންދެން އެ އަލިފާން ފަރުބަދަ ވަނީ ކުދި ގޮވުންތަކެއް ގޮވާފައެވެ.
ސެއިންޓް ވިސްންސެންޓުގެ އެމާޖަންސީ މެނޭޖުމަންޓު ޖަމިއްޔާ އިން ވަނީ އަލިފާން ފަރުބަދަ ގޮވާފާނެތީ ރައްޔިތުން ތައްޔާރަށް ތިބުމަށް އެދިފައެވެ.
ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުމަށް އެގައުމުގެ އަސްކަރިއްޔާއާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ފަށާފައެވެ.