ދަ ގްރާންޑޭ އަތުން ހުކުރު ދުވަހު ޔޫވީ ހޯދި މޮޅަކީ މި ހިނގާ ފުޓްބޯޅަ ސީޒަންގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ބާރަވަނަ މެޗުން މި މޮޅު ލިބުނު އިރު ކުރިން ކުޅުނު އެގާރަ މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވި އިރު އަނެއް އަށް މެޗުންވަނީ ބަލިވެފައެވެ.
ހުކުރު ދުވަހުގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ، އިސްމާއިލް އީސަ އަދި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އަނަޓޯލީއެވެ.
ދަ ގްރާންޑޭ އަތުން މޮޅުވި ނަމަވެސް ޔޫވީ އަދިވެސް އޮތީ ޓޭބަލްގެ އެންމެ ފުލުގައެވެ. އެއީ ބާރަ މެޗުން ހަ ޕޮއިންޓާއެކުއެވެ.