ads
އަޔޫޝްމަންގެ ދެ ދަރިން އަންހެނުންގެ ޖަމްޕްސޫޓުގައި!
ބޮލީވުޑުގެ ބަތަލު، އަޔޫޝްމަން ކުރާނާ މިވަގުތު އަވަދިނެތި އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ބާލާ" ގެ މަސައްކަތުގަ އެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު ފިލްމު ނެރެން ނިންމާފައިވާއިރު އަޔޫޝްމަން އުޅެމުން އަންނަނީ ފިލްމުގެ ޕްރޮމޯޝަންތަކުގައި އަވަދިނެތި އެވެ.
ބޮލީވުޑުގެ އެކްޓަރު، އަޔޫޝްމަން ކުރާނާ މިވަގުތު އަވަދިނެތި އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ބާލާ"ގެ މަސައްކަތުގަ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ފިލްމު ނެރެން ނިންމާފައިވާއިރު އަޔޫޝްމަން އުޅެމުން އަންނަނީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގަ އެވެ.

އަޔޫޝްމަން ކިތަންމެ ބިޒީކޮށް އުޅެމުން އައި ނަމަވެސް އޭނާގެ އަންހެނުން ތާހިރާ ކަޝްޔަޕް އަންނަނީ ދެ ދަރިން އުޅޭ ނޫޅޭ ގޮތް އޭނާއަށް އަންގަމުންނެވެ. އެގޮތުން ތާހިރާ މިވަނީ އެމީހުންގެ ފިރިހެން ދަރިފުޅު ވިރާޖްވީރާއި ވަރުޝްކާގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. ދެ ކުދިން ފެނިގެންދަނީ ތާހިރާގެ ޖަމްޕްސޫޓެއްގެ ތެރެއަށް އެރިތިބި މަންޒަރެވެ.

ތާހިރާގެ ޖަމްޕްސޫޓަށް ދެ ކުދިން އެރި ތިބެ ލާނެއް ގޮތަކަށް ދެކުދިން ހިނި އައިސްފައި ތިބިއިރު އެ ފޮޓޯ ހިއްސާކޮށް ތާހިރާ ވަނީ އަޔޫޝްމަން ޓެގްކޮށްފަ އެވެ.

ދާދިފަހުން ތާހިރާ ކެންސަރަށް ފަރުވާ ހޯދާފައިވާއިރު އެ ހިތްދަތި ވަގުތުގައި ވެސް އަޔޫޝްމަން އޭނާއާއެކު ހުރުމުން އޭނާ ވަނީ އެކަމަށް ކުރިން ޝުކުރު އަދާކޮށްފަ އެވެ. މިހާރު އޭނާ ވަނީ ކެންސަރުގެ ނުރައްކަލުން ސަލާމަތްވެފަ އެވެ.

އެންމެ ފަހުން ޑްރީމް ގާލުން ފެނިގެންދިޔަ އަޔޫޝްމަން އަކީ ކާމިޔާބު ފިލްމު އަންދާދުންނާއި ބަދާއީ ހޯ ފަދަ ބޮކްސް އޮފީހުގައި ވެސް ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކުން ފެނިގެންދިޔަ ފަންނާނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް