ads
ފޮޓޯ: ވީނިއުސް
ރައީސް ޔާމިން އަށް ވޯޓުލާން ފުރުސަތު ނުދޭކަމަށް ބުނެ ޑރ. ޖަމީލު އިތުރުފުޅު ހައްދަވައިފި
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުނުލެވިވަނީ، ސަރުކާރުން އެ ފުރުސަތު ފަހި ނުކޮށްދެއްވާތީ ކަމަށް ބުނެ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދް ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

ކަރެކްޝަންސްގެ އޮފިޝަލެއް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ކަރެކްޝަންސްގެ ޖަލުތަަކަކީ ވޯޓިން ސްޓޭޝަންތަކެއް ކަމަށާއި މިފަހަރުގެ އިންތިހާބާއި ގުޅިގެން ހުރިހާ ޖަލްތަކެއްގައި ވޯޓުލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަކަމަށެވެ.

ވޯޓަށް ރެޖިސްޓާވުމުގެ ފުރުސަތު މިދިޔަ މަހު ހުރިހާ ގައިދީންނަށް ވެސް ރަޖިސްޓްރީވާން ހުޅުވާލިއެވެ. ނަމަވެސް ވޯޓަށް ރަޖިސްޓްރީ ކުރެއްވުމަކީ ވެސް އަދި ވޯޓު ނުލެއްވުމަކީ ވެސް ކޮންމެ މީހަކަށް ލިބިގެންވާ އަމިއްލަ ހައްގެކެވެ. 

 އެ ފުރުސަތުގައި ރަޖިސްޓްރީ ކުރެއްވުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޖަލުތަކުގައި އެ ފުރުސަތު ފަހިކޮށްދީފައިވަނިކޮށް އެ ފުރުސަތުގެ ބޭނުން ނުހިތްޕެވި ނަމަވެސް އެއްވެސް މީހެއް ވަކިން މާލެ ގެނެސްގެން ވޯޓުލުމުގެ އިންތިޒާމެއް ހަމަޖައްސާފައި ނުވާނެ ކަމަށެވެ. 

"ވޯޓުލުމަށް ރަޖިސްޓްރީ ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އެ ފުރުސަތުގެ ބޭނުންކުރި ހުރިހާ ބޭފުޅުންނަށްވެސް އެ ފުރުސަތު ވާނީ ދީފަ. މިހާރުވެސް ވޯޓުލުމުގެ ކަންކަން ދަނީ ކުރިއަށް،" -ކަރެކްޝަންސް-

ކަރެކްޝަންސްއިން ވަނީ ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ރައީސް ޔާމީން ރަޖިސްޓްރީވެފައި ނުވާކަން ފާހަގަކޮށް ވޯޓުލުުމުގެ ހައްގަށް ހުރަސް އެޅުއްވާ އެ ފުރުސަތު ފަހި ނުކޮށްދީ ވާކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވުމަކީ އިތުރުފުޅު ހެއްދެވުން ކަމަށް ސިފަކުރައްވާފައެެވެ. 

އެމަނިިކުފާނު ވޯޓުލުުމުގެ ހައްގު ލިބިފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ 1 ނަންބަރު ވޯޓު ފޮއްޓަށް ކަމަށާއި މާފުށީ ޖަލަށް ވޯޓުލާ މީހުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަންފުޅު ނެތްކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ގެ މޭޔަރު ކަމަށް ވާދަ ކުރައްވާޕީޕީއެމް ގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ނުލައްވަން ރައީސް ޔާމީން ނިންމަވާ ވޯޓުލުމަށް ރަޖިސްޓްރީވެފައިވެސް ނުވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. 

އެކަމާއި ގުޅިގެން ސީއެންއެމްއިން ސުވާލު ދެއްނެވުމުން ޑރ. ޖަމީލް ވިދާޅުވީ، ޖަލުގައި ހުންނަ މީހަކު ރަޖިސްޓްރީ ކުރުވުމާއި އެމީހަކު ވޯޓުލާތަނަކަށް ގެނެއުމަކީ ވެސް ޖަލުތަކާއި ހަވާލުވެގެން އޮންނަ މުވައްސަސާގެ ފަރާތުން ކުރާންޖެހޭނެ ކަމެއް ކަމަށާއި އެ ފުރުސަތު ސަރުކާރުގެ ފަރާތުން އަދި މިހާތަނަށް ފަހި ކޮށްދީފައި ނުވާ ކަމަށެވެ. 

"ޖަލުތަކުގައި ވޯޓިން ސެންޓަރެއް ގާއިމުކުރަން ހަމަޖެހިފަ ވުމާއި ގުޅިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ގައިދީންނާއި ބަންދު މީހުންނަށް ވޯޓު ރަޖިސްޓާ ކުރުމަށް ހުޅުވާލިން. އެ މުއްދަތު ތެރޭގައި ރަޖިސްޓްރީ ކުރި ހުރިހާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިިނިން. ވޯޓުލުން ކުރިއަށް އެބަދޭ. ބައެއް ޖަލުތަކުގައި ނިމިއްޖެ. އެއްވެސް ފަރާތެއް ވަކިން މާލެ ގެނެސް ވޯޓުލާ ގޮތަށް ހަމަޖެހިފައެއް ނުވޭ" ކަރެކްޝަންސްގެ އޮފިޝަލު ވިދާޅުވިއެވެ.

ޖަލުގައި ހުންނަ މީހަކު ރަޖިސްޓްރީ ކުރުވުމާއި އެމީހަކު ވޯޓުލާތަނަކަށް ގެނެއުމަކީ ވެސް ޖަލުތަކާއި ހަވާލުވެގެން އޮންނަ މުވައްސަސާގެ ފަރާތުން ކުރާންޖެހޭނެ ކަމެއް ކަމަށާއި އެ ފުރުސަތު ސަރުކާރުގެ ފަރާތުން އަދި މިހާތަނަށް ފަހި ކޮށްދީފައި ނުވާ ކަމަށް މީގެ ކުރިން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވެފައިވާތީ އެކަމާއި ބެހޭ ގޮތުން ކަރެކްޝަންސްއާއި ސުވާލުކުރުމުން ބުނެފައިވަނީ،  ޖަލުތަކުގައި އެ ފުރުސަތު ފަހިކޮށްދެވިފައިވަނިކޮށް ވަކިން ގައިދީއަކު އެހެންތަނަކަށް ގެންގޮސްގެން ވޯޓުލުމަށް ކަރެކްޝަންއަށް ލާޒިމް ނުކުރާ ކަމަށެވެ. 

ސީއެންއެމްއަށް މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީންއަށް ރަޖިސްޓާ ވާން ހުޅުވާލި ފުރުސަތުގައި އެމަނިކުފާނު ރަޖިސްޓްރީވެފައެއް ނުވެއެވެ. އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމަނިކުފާނު ވޯޓުލައްވާފައެެއް ނުވެއެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް