ads
ބެންގަލޯރ ކެޕްޓަން ވިރާތް ކޯލީ
އައިޕީއެލް: ފުރަތަމަ މެޗު ބެންގަލޫރަށް
އިންޑިއަން ޕްރިމިއަރ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު، ރޯޔަލް ޗެލެންޖަރސް ބެންގަލޯރ ކާމިޔާބުކޮށްފިއެވެ. ބެންގަލޯރ މި މެޗު ކާމިޔާބު ކުރީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން މުމްބާއީ އިންޑިއަން ބަލިކޮށްގެނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު ކުޅުނު އައިޕީއެލްގެ އޯޕަނިންގ މެޗު ބެންގަލޯރއިން ކާމިޔާބު ކުރީ ދެ ވިކެޓުންނެވެ. މި މެޗުގައި މުމްބާއީ އިންޑިއަންސް ފުރަތަމަ ކުޅެން އަރައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ފަންސާސް ނުވަ ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް ބެންގަލޯރއިން އަށް ވިކެޓަށް ސަތޭކަ ފަސްދޮޅަށް ލަނޑު ހަދައި މެޗު ކާމިޔާބުކުރީއެވެ. މިއީ އެންމެ ފަހުގެ ފައިނަލްގައި މުމްބާއީ އަތުން ބަލިވި ބަލިވުމުގެ ބަދަލެކެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު- އައިޕީއެލްގެ ސާދަވަނަ މުބާރާތް، އިންޑިޔާގައި އިއްޔެ ފެށުނު އިރު މި ދިޔަ އަހަރު މި މުބާރާތް އޮތީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ. އެއީ ކޮވިޑާ ހެދި މުބާރާތް އިންޑިޔާގައި ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސްޓޭޑިއަމަށް ކުޑަމިނުން ނޫސްވެރިންވެސް ނުވައްދައެވެ. އެހެންނަމަ ވެސް މުޅި މުބާރާތުގެ ފުރިހަމަ ކަވަރޭޖެއް އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރުވެސް ގެންދާނެއެވެ.

އާއްމުކޮށް ނޫސްވެރިން ނުވައްދާ ގޮތަށް އޮތް ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅު ވެއްޖެ ނަމަ އެ ފުރުސަތު ދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް