ads
ފޮޓޯ: އަދަދު
އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލާ ކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފި
އެމްޑީޕީއިން އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާ އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފި އެވެ.
Advertisement

އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއަޅާ، ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތައް ހުއްޓާލުމަށާ އެ މައްސަލަތައް ތަހްގީގްކުރުމަށް ގޮވާލާ އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ވޯޓުލުން ފެށިގެން ކުރިއަށް ދަނިކޮށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތާއީދު ހޯދުމާ ކެމްޕެއިނުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ރާއްޖޭގެ ގައުމީ މީޑިއާ މެދުވެރިކޮށް ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ކެމްޕޭނުކޮށްދެއްވާފަ ކަމަަށް ތުހުމަތުކޮށްފައެވެ. 

އަދި އެމްޑީޕީގެ ރައީސްއާއި އެ ޕާޓީގެ އިސް ވެރިންނާ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވޯޓުލާ މަރުކަޒުތަކުގެ ސަރަހައްދުތަކުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ގާނޫނާ ހިލާފަށް ކެމްޕޭން ހިންގާ، އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓުލާންދާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާ ކަަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. 

"އިލެކްޝަންސް ކޮމިޝަނުން ވޯޓުލާމީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި ގާއިމުކޮށްފައިވާ އުސޫލުތައް ފޫދުއްވާލާ އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާ އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާކަމުގެ ހެކި އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ. އަދި މާލޭގެ މޭޔަރުކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވަވާ ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން އެކި ވޯޓުފޮށިތަކުގެ ގާތުގައި ތިބުމަށް އައްޔަނުކޮށްފައިވާ އޮބްޒާވަރުންނަށް އޮބްޒާވްކުރުމުގެ ހައްގު ގެއްލުވާލައި ވޯޓުލުން ކުރިއަށްދާގޮތް މޮނިޓާކުރުމަށް ދަތިކޮށް ވޯޓުގެ ސައްހަކަމާ އިތުބާރު ގެއްލޭނެ އަމަލުތައް ހިންގަމުންދާކަމުގެ ޝަކުވާ އޮބްޒާވަރުގެ ފަރާތުން ދަނީ ލިބެމުންނެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެެވެ

އިދިކޮޅުން ވަނީ ވޯޓު ގަޑުބަޑުކޮށް ވޯޓު އޮޅުވާލާ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް މަގުފަހިވާގޮތަށް ހިންގަމުން ދާ މިފަދަ އަމަލުތައް ޑރ. މުއިއްޒުގެ ކެމްޕޭން ޓީމުގެ ފަރާތުން ކުށްވެރިކުރާ ކަމަށާއި، އެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި، އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށްދިނުމުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަކިން ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނަށާ އެ ކޮމިޝަންގެ ރައީސަށް ގޮވާލާފައެވެ. 

މީގެ އިތުރުން ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅައި އަދި ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމުގެ އެތައް އަމަލެއް ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކާ އެމްޑީޕީއިން ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާ އެ ގައިރު ގާނޫނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށާ، އިންތިހާބީ ހައްގުތައް ނަގައިލަން ހިންގާ އެކަންކަން މިހާރުން މިހާރަށް ތަހްގީގުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް