މާލޭ ސިޓީގެ މޭޔަރު ކަމުގެ ވަގުތީ ނަތީޖާ ހިއްސާ ކުރައްވަމުން ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ފެނިގެން ދަނީ ސަރުކާރުން ކުރާ ވައުދުތައް ނުފުއްދުމުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން އިންތިހާބާއި ދިމާކޮށް، ފިހިގަނޑު ހިފައިގެން ނިކުމެ ރައްޔިތުން މޮޔަ ހެއްދުނީ މާޒީގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.
އެންމެ ފަހުގެ ނަތީޖާ ތަކަށް ބަލާއިރު، މުއިއްޒު އަށް ވަނީ 9548 ވޯޓު ލިބިފައެވެ. އަދި އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް 5757 ވޯޓު އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ އަލްހާން ފަހުމީއަށް 265 ވޯޓު ލިބިފައިވެއެވެ.
މާލެ ސިޓީ ނޫން ދެން ހުރިހާ ސިޓީތަކުގެ ވަގުތީ ނަތީޖާއިން މިވަގުތު ކުރީގައި އުޅެނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ.