ads
އިސްމާއީލް ރަފީގު
ފުވައްމުލަކު މޭޔަރަކަށް ރަފީގް ހޮވިއްޖެ
ފުވައްމުލަކު ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް އިސްމާއިލް ރަފީގު، އެ ގޮނޑި ކާމިޔާބުކޮށްފި އެވެ.

ރަފީގް 1457 ވޯޓާއި އެކު ރޭހުގެ ކުރީގައި އުޅުއްވާއިރުގައި ދެން ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ތޯރިގް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޒިޔާދު ޒަކަރިއްޔާއެވެ. ތޯރިގަށް ވަނީ 1،303 ވޯޓު ލިބިފައެވެ. އަދި ޒިޔާދަށް ލިބިފައިވަނީ އެންމެ 21 ވޯޓެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް މޭޔަރުގެ އިތުރުން، 6 މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެޔާއެކު މި އިންތިހާބަށްފަހު އެ ސިޓީގައި ޖުމްލަ 7 އިންތިހާބީ ކައުންސިލް މެމްބަރުން ތިއްބަވާނެ އެވެ. މިހާރު ފުވައްމުލަކު ސިޓީ ކައުންސިލްގައި ތިއްބަވަނީ ތިން މެމްބަރުންނެވެ.

ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުފުށި ސިޓީ އާއި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑިތައް ކަށަވަރުކޮށްފައިވަނީ އެމްޑީޕީންނެވެ. މާލެ ސިޓީގެ މޭޔަރު ކަމުގެ ގޮނޑިއަށް ވަގުތީ ނަތީޖާތަކުން އިންތިހާބުވެފައިވަނީ ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް