ads
އީގަލްސް- ތިމްޕޫ މެޗުގެ ތެރެއިން
އީގަލްސް- އަބަހާނީ މެޗު ފަސްކޮށްފި
ޑާކާ އޮތީ ލޮކްޑައުންކޮށްފަ
އޭއެފްސީ ކަޕު ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅެން ޖެހޭ މެޗު މި މަހުގ އެކާވީސްވަނަ ދުވަހަށް ފަސްކޮށްފިއެވެ.
Advertisement

ކުރިން މި މެޗު ކުޅެން އޮތީ މި މަހުގެ ސާދަ ވަނަ ދުވަހުއެވެ.

އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީއާ އީގަލްސް ކުޅެން ޖެހޭ މެޗު މި މަހުގެ އެކާވީސް ވަނަ ދުވަހަށް ފަސްކޮށްފައިވާއިރު، މެޗު ކުޅޭނެ ދަނޑެއް އަދި ފައިނަލް ނުވެއެވެ. ކުރިން އޮތީ މި މަހުގެ ސާދަ ވަނަ ދުވަހު ޑާކާގައި އެ މެޗު ކުޅޭށެވެ. 

އެހެންނަމަ ވެސް ޑާކާގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން އެ ދުވަހު ޑާކާގައި އެ މެޗު ކުޅެވޭނެ ގޮތެއް ނެތެވެ. ޑާކާ އޮތީ ލޮކްޑައުންކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ނިޔަލަށް، އެ މެޗު ކުޅޭނެ ނިއުޓްރަލް ވެނިއުއެއް ހަމަ ޖެއްސުމަށް އަބަހާނީއަށްވަނީ އޭއެފްސީން ފުރުސަތު ދީފައެވެ. މިއަދުގެ ނިޔަލަށް ދަނޑެއް ހަމަ ނުޖެއްސިއްޖެނަމަ، މި މަހުގެ އެކާވީސްވަނަ ދުވަހު އެ މެޗު ކުޅޭނީ މާލޭގައެވެ. ޑާކާ އަބަހާނީން ބަލަމުން އަންނަނީ ނިއުޓްރަލް ވެނިއުއެއްގެ ގޮތުގައި ކަލްކަތާ ހަމަ ޖެއްސޭތޯއެވެ.

މި މެޗާ ގުޅޭ ގޮތުން އެފްއޭއެމުން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނެތް ނަމަވެސް އެ މެޗު މާލެއަށް ބަދަލު ކުރެވޭތޯ އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.

އީގަލްސް ޑާކާ އަބަހާނީއާ ކުޅެން ފުރުސަތު ހޯދީ ޕްރިމިލިނަރީ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. ޑާކާ އަބަހާނީއާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާ ނޭޕާލު އާމީ ޓީމު މި މަހުގެ ސާދަވަނަ ދުވަހު ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. ބެންގަލޫރާ ނޭޕާލު ޓީމުގެ މެޗު އޮންނާނީ ގޯއާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް