ads
ކުޑަކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ކައުންސިލަރު:-
ކުޑަކުއްޖަކާ ބެހިގެން ޖަލުގައި އޮތް ކައުންސިލަރު ވަނީ ފްރޭމްކޮށްފައި: އިދިކޮޅު
ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި ތިން ދައުވާއެއް ކޮށްފައިވަނިކޮށް ހައްޔަރުކުރި ކައުންސިލަރު ވަނީ ފްރޭމް ކޮށްފައިކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) އެ ރަށު ކައުންސިލް ރައީސްކަމަށް ވާދަކޮށް އެ މަގާމު އޭނާ ވަނީ އިއްޔެ ކާމިޔާބުކޮށްފައެވެ. 

މިއަދު އިދިކޮޅުން ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަމީހް އަބްދުﷲ މިއަދު ވިދާޅުވީ، ގައްދޫ ކައުންސިލަށް އިންތިހާބުވި މުހައްމަދު އަހުމަދު ޖަލުގައި އޮތީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ ސަބަބުން ކަމަށެވެ. 

"އެއީ އޭނާ އެމަގާމަށް ކުރިމަތިލީމަ ބަޔަކު ރާވައިގެން ކުރި ކަމެއްކަމަށް މައުލޫމާތު ލިބޭކަމަކީ. އެއަށް ބާރުލިބޭކަމަކީ ރައްޔިތުން އެއޮތީ ބުނެފަ ގައްދޫ ކައުންސިލްގެ ރައީސްކަމަށް އެ ބޭފުޅާ އިންތިހާބު ކޮށްފަ،" -އަދުރޭ-

މި ނިމުނުގ ދައުރުގައި ވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރީ މުހައްމަދު އަހުމަދެވެ.  އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފަ އެވެ. ފުރަތަމަ ދައުވާއަކީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. 2020 ވަނަ އަހަރު އޭނާ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް