ads
ޕީޕީއެމްގެ އިހުތިޖާޖެއްގެ ތެރެއިން..
އިދިކޮޅުގެ ކާމިޔާބީ ފާހަގަކުރަން ފަށައިފި
އިންޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ހުޅުމާލޭގައި ފަށައިފި އެވެ.

އެ ކާމިޔާބީ ފާޅުކުރުމަށްޓަކައި އިދިކޮޅުން މިހާރުވަނީ ހުޅުމާލޭގައި ސައިކަލް ބުރު ފަށާފައެވެ. މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު އިދިކޮޅުގެ ދިދަތައް ހިފައިގެން އިސް ލީޑަރުންވެސް ދަނީ ބައިވެރިވަމުންނެވެ. 

މީގެ އިތުރުން މި ކާމިޔާބީ ފާޅުކުރުމަށްޓަކައި އިދިކޮޅުން ވަނީ މިރޭ ހާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށްވެސް ނިންމާފައެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް ފެށޭނީ މިރޭ 08:45ގައި ކަމަށެވެ. އަދި ހަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކަމަށް ހީނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުން ޕީޕީއެމްއިން ވަނީ ބޮޑު ކާމިޔާބީއެއް މުޅި ރާއްޖެއިންވެސް ހޯދާފައެެވެ. ހާއްސަކޮށް މާލޭ ސިޓީގެ ކައުންސިލުން އިދިކޮޅުން ވަނީ ވާދަކުރި 13 ގޮނޑި ވެސް ކާމިޔާބު ކޮށްފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ 18 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ހަތް ގޮނޑިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް