ads
ތ. ކިނބިދޫ ---
ތިން މީހަކު ޕޮޒިޓިވްވެ ކިނބިދޫ މޮނީޓަރިންގެ ހާލަތަށް
ތ. ކިނބިދޫގައި ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކިނބިދޫގެ ކޮވިޑް ޓާސްކް ފޯހުގެ ޗެއާމަން އަދި ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު އާތިފް "ސީއެންއެމް" އަށް ވިދާޅުވީ، ޕޮޒިޓިވްވި ތިން މީހުންނަކީ އިއްޔެ ނެގި ރެންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވި ތިން މީހުންނެވެ. އަދި އެމީހުންގެ ނަތީޖާ ލިބުމާއެކު ރަށް މޮނީޓަރިންއަށް ލާފައިވަނީ މިއަދު ހަވީރު އެވެ. 

އެގޮތުން މިހާރު މިމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށާއި، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ މީހުން ކަރަންޓީނު ކުރަމުން އަންނަ ކަމަށް އާތިފް ވިދާޅުވި އެވެ. 

މީގެ އިތުރުން މިހާރު އަންނަނީ ރަށުގައި ރެންޑަމް ސާމްޕަލްނެގުމުގެ މަސައްކަތް ކުރަމުން ކަމަށް އާތިފް މައުލޫމާތު ދިނެވެ.

އެއަތޮޅު ވޭމަންޑޫގައިވެސް ކްލަސްޓާއެއް އުފެދިފައިވާއިރު، ކިނބިދޫ ހެލްތު ސެންޓަރުން މިއަދު ވަނީ ވޭމަންޑޫ އަށް މިދިޔަ މަހު 25 އިން ފެށިގެން ދަތުރު ކުރި އެންމެން 9845266 ނުވަތަ 9841142 އާއި ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. 

އާތިފް ވިދާޅުވީ ކިނބިދޫއިން ޕޮޒިޓިވްވި ތިން މީހުންނަކީ ވޭމަންޑޫ ކްލަސްޓާއާއި ގުޅިފައިވާ ތިން ކޭސް ކަމަށް އަދި ނުބެލެވޭތީ، މިވަގުތަށް މިއީ ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ ގައިޑްލައިނުތަކާއި އެއްގޮތަށް އަމަލު ކުރެއްވުމަށް އާތިފް އިލްތިމާސް ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް