ads
ސަޓާ އެވޯޑް 2019:-
ސަޓާ އެވޯޑްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯސް 2021 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މުއްދަތު އިތުރުކޮށްފައިވަނީ މެއި މަހު 10 ވަނަ ދުވަހާއި ހަމައަށެވެ. ކުރިން އޮތް ގޮތުން މިމަހު 10 ވަނަ ދުވަހު މުއްދަތު ހަމަވާނެއެވެ. 

ވެބްސައިޓު މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާކަމަށް ސަޓާއިން ބުނެއެވެ. 

ފަތުރުވެރިކަމާއިި ހޮސްޕިޓޭލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުގެ، 52 ކެޓަގަރީއަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. 

"މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ، ކޮވިޑް 19 އާއި ގުޅިގެން ދިމާވި އެކި ދަތިތަކާއި ގުޅިގެން، ގިނަ ބަޔަކު މުއްދަތު އިތުރުކުރުމަށް އެދުމުން،" - ސަޓާއިން -

ސަޓާ އެވޯޑަކީ 15 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރު އެޖެންސީތަކުން އެމީހުންގެ މަސައްކަތް އެންޑޯޒް ކޮށްފައިވާ އެވޯޑެކެވެ. 

އެގޮތުން މި އެވޯޑަށް 52 ކެޓަގަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ، ވިޒިޓާސް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް ހިމެނޭ ގޮތަށް ކަމަށް ސަޓާ އިން ބުނެއެވެ. 

ސަޓާ އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން މި އެވޯޑު ހަފްލާ މީގެ ކުރިން 2017 ވަނަ އަހަރު ވަނީ ރާއްޖޭގައި ބާއްވާފައެވެ. މިއަހަރުގެ ސަޓާ އެވޯޑު ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ވާޗުއަލް ކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް