ޝަހީދު ވިދާޅުވީ، އެހާ ގިނަ ބަޔަކު ވޯޓުލާން ނުދިޔައީ "އުންސުރުތަކާ ފަންސުރުތައް ހަމަނުވެގެން، ކޮރަޕްޝަނާއި ނެޕޮޓިޒަމް އާންމުވެފައިވާތީ މާޔޫސްވެގެން" ކަމަށެވެ.
އެގޮތުން ހުރިހާ ތަނެއްވެސް އޮތީ ވަކި އާއިލާއެއްގެ ދިފާއުގައި ކަމަށް ޝަހީޑު ތުހުމަތު ކުރެއްވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ހާއްސަ ކޮމިޓީތަކުގެ އިންތިހާބު ބޭއްވި އިރު، ގިނަ ޒުވާނުންތަކެއް ވަނީ ވޯޓު ނުލާން ނިންމާފައެވެ.
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 67 ޕަސެންޓް މީހުންނެވެ. މާލެއިން ވޯޓުލީ 29 ޕަސަންޓު މީހުންނެވެ.