ads
ގުޅީފަޅު ---
ގުޅީފަޅުން ގޯތި ދޫކުރުމުގެ ވިސްނުން އެބަހުރި: ރައީސް
ކ އަތޮޅު ގުޅީފަޅުން ގޯތި ދޫކުރުމުގެ ވިސްނުން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރާ ހިލާފަށް، ގުލީފަޅުން ބޯހިޔާވަހިކަން ގޯތި ދޫކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅުން މޭޔަރު ކަމަށް ވާދަ ކުރެއްވި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރެއްވި އިރުވެސް، މާޅޭ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތްކަން ކަށަވަރު ވުމުންވެސް ވަނީ ގުޅީފަޅުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

"އެއާ ހިލާފަށް ޑރ. މުއިއްޒުމެން ސަރުކާރުގައި ތިއްބެވިއިރުގައި އޭގެ ކުރިން ގުޅީފަޅުގައި ދީފައި ހުރި ފްލެޓްތަކާ ގޯތިތަކުން މީހުން ނެރުނީ. ރައީސް ޔާމީންގެ ވެރިކަމުގަ. ގަދަކަމުން ބޭލީ އެތަނަށް ފުލުހުން ފޮނުވައިގެން." ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގުޅީފަޅުން މީހުން ބާލުވާ، އެމީހުންނަށް ހުޅުމާލެއިން ބަދަލު ދިންކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އަދި މިހާރުވެސް ބަދަލު ނުދެވޭ ބައެއް ތިބިކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. 

މިކަންކަމާ ހުރެ، ހަގީގަތުގައި މުއިއްޒު ވިދާޅުވި އެއްޗެއް ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މުއިއްޒު ސަރުކާރުގައި ހުންނެވި އިރު، ގުޅީފަޅުގައި މީހުން ދިރިއުޅެން އެތަން ތައްޔާރު ކުރަން އެ ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެއާ ހިލާފަށް މި ސަރުކާރުން މަސައްކަތް ކުރަނީ، ގުޅީފަޅުގައި ސިނާއީ މަސައްކަތަކާއެކު، އޭގެ އިތުރުންވެސް އެތަނުގައި މީހުނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް