ads
ފޮޓޯ--ސަން
ތިނަދޫ ކައުންސިލް މެންބަރަކަށް މޯލްޑިވިއަން އައިޑޮލްގެ ޒަލީފް
ގދ.ތިނަދޫ ކައުންސިލް މެންބަރަކަށް 2016 ވަނަ އަހަރު މޯލްޑިވިއަން އައިޑަލްގައި ބައިވެރިވި މުހައްމަދު ޒަލީފް އަބްދުﷲ ހޮވިއްޖެ އެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އންތިހާބުގައި ޒަލީފްގެ އުފަން ރަށްކަމުގައިވާ ތިނަދޫގެ ކައުންސިލް ކަމަށް އޭނާ ކުރިމަތިލީ އިދިކޮޅު ޕީޕީއެމްގެ ގޮޑީގަ އެވެ.

ޒަލީފް ކައުންސިލްގެ ގޮނޑި ހާސިލް ކޮށްފައި ވަނީ 207 ވޯޓާ އެކުގަ އެވެ. އެއީ ހަ މެންބަރުންނާ ވާދަކޮށެވެ.

ޒަލީފް ވަނީ މޯލްޑިވިއަން އައިޑަލްގެ ޓޮޕް ފައިވަށް ގޮސްފަ އެވެ. ނަމަވެސް އޭނާ އައިޑަލްގެ އެންމެ ފަހު ޝޯއަށް އަލްވަދާއު ކިޔަން ޖެހުނީ، އެންމެ ފަހުން ބޭއްވި ޝޯގައި ގަދަ ފަސް ބައިވެރީންގެ ހުށަހެޅުންތަކަށް ޖަޖުންދޭ 50 އިންސައްތަ މާކްސްގެ އިތުރުން، ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު ޖުމުލަ މާކްސް އެންމެ ދަށުން ލިބިގެންނެވެ.

ޒަފީލް ވަނީ 2016 ވަނަ އަހަރުގެ މޯލްޑިވިއަން އައިޑަލްގައި އެނަމާ ބޯޓުގެ ހާދިސާގައި މަރުވި އެންމެނަށް ހާއްސަކޮށް ކިޔާފައިވާ "ނާޒުކު ލޯބި" ލަވައަކީ އަދިވެސް އަޑުއަހާ ކޮންމެ މީހެއްގެ ލޯ ފެންކަޅި ކޮއްލާ ލަވަ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް