ads
ރަސްފަންނު ސަރަހައްދުގެ މޫދު ސާފުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ނަގާފައިވާ ބައެއް ކުނި-- ފޮޓޯ: އާދަމް އަޝްރަފް
މާލޭ ހުޅަނގުފަރާތު މޫދުން 14 ބާވަތެއްގެ 231.5 ކިލޯގެ ކުނި ނަގައިފި
މާލޭ ހުޅަނގު ފަރާތުގައި ހަދާފައި އޮތް ރަސްފަންނު ސަރަހައްދުގެ މޫދު "ޑައިވް ޑެސްކް" އިން ސާފުކޮށްފި އެވެ.
މާލޭ ހުޅަނގު ފަރާތުގައި ހަދާފައި އޮތް ރަސްފަންނު ސަރަހައްދުގެ މޫދު "ޑައިވް ޑެސްކް" އިން ސާފުކޮށްފި އެވެ.

މިއަދު މާލޭ ހުޅަނގު ފަރާތުން 231.5 ކިލޯ ގެ ކުރި ނަގާފައިވެއެވެ.

އެ ސަރަހައްދުން 14 ބާވަތެއްގެ ކުނި ފެނިފައިވެއެވެ.
1. ޕްލާސްޓިކު ކޮތަޅު
2. ޕާލްޓުކު ފުޅި
3. ބިއްލޫރި ފުޅި
4. އެލްމިނިއަމް ދަޅު
5. ރިގްފޯމް
6. ކަންވާރު
7. ދަނގަޑު
8. ގޯނި
9. ހޮޅި
10. ވާ
11. ކެންވަސް
12. ލަކުޑި
13. ހަރު ޕްލާސްޓިކު
14. ގާޑަނަލް ވޭސްޓު

ޑައިވް ޑެސްކުން އިސްނަގައިގެން އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޕާލޭ އާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

މިއަދު ހެނދުނު 8:30 އިން މެންދުރު 12:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި 60 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ޑައިވް ޑެސްކްގެ މެނޭޖިން ޑިރެކްޓާ އާދަމް އަޝްރަފު، ސީއެންއެމްއަށް ވިދާޅުވެ އެވެ.

ރަސްފަންނު ސަރަހައްދުގައި އޮންނަ މޫދަކީ ގިނަ ބަޔަކު ޑައިވް ކުރާ ސަރަހައްދެއްކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ އެތަން ސާފު ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރާ ކަމެއްކަމަށެވެ. އަދި އައިޖީއެމްއެޗު މޫދުން ފެށިގެން ވެސްޓް ޕާކު މޫދު ތޮށި ކައިރީ ގިނަބަޔަކު ތިބޭކަން ފާހަގަ ކުރައްވާ އަޝްރަފް ވިދާޅުވީ އެގޮތުން އެގޮތަށް ތިބޭ ތިބުމުގައި ފިހާރައިން އެއްޗެހި ގަނެގެން އައިސް އެތަކެތި ކެއުމަށް ފަހު ދޫކޮށްލަނީ މޫދަށް ނުވަތަ ގާތަކު ތެރެއަށް ކަމަށެވެ..

އަޝްރަފު އިތުރަށް ވިދާޅުވީ އެސަރަހައްދުން އެންމެ ގިނައިން ފެނުނީ ޕްލާސްޓިކް ފުޅިއާއި ދަޅު ފަދަ ތަކެތި ކަމަށެވެ.

"ހަމައެކަނި ފްލާސްޓިކް ފުޅިވެސް ޖަމްބޯ ބޭގެއްގެ ނެގިން.، އެތަނުން ބޮޑަށް މި ފެންނަނީ ޕެކެޓާއި ދަޅު ފަދަ ތަކެތި،"

މޫދަށް އަޅާ ކުންޔަކީ މޫދުގެ ދިރުންތަކަށް ހުރި ބޮޑު ނުރައްކަލެކެވެ. ހާއްސަކޮށް ރާއްޖެ ފަދަ ތިމާވެށީގެ މައްސަލަތައް ބޮޑު ގައުމަކަށް އެކަމުގެ ނުރައްކާ ބޮޑެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް