
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 84 މީހުން
ފާތިމަތު ޝައުސަން އަލީ
12 އޭޕްރީލް 2021 - 22:24:36
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 84 މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު މާލެ އިން 32 މީހަކު ޕޮޒިޓީވްވި އިރު، އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 37 މީހެކެވެ. އަދި ރިސޯޓުތަކުން 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރުގައި ސަފާރީތަކުން ވަނީ ދެ މީހަކު ޕޮޒިޓިވްވެފަ އެވެ.
މިއާއެކު ރާއްޖެއިން މިއަދު ޕޮޒިޓިވްވެފަައިވަނީ ޖުމްލަ 84 މީހެކެވެ. މިއަދަދާއެކު މިހާތަނަށް ޖުމްލަ 25،701 މީހަކު ވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 22،796 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2،829 ގައެވެ. އަދި މީގެ ތެރެއިން 64 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން މިބަލީގައި 67 މީހަކު ވަނީ މަރުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް