 
                                                                                                
                    އެ ޒުވާނާގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދާފައިވަނީ އިންޑިއާގަ އެވެ.
މި މަރުގެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީއެއް ހެދުމަށް ފުލުހުން ނިންމީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން ޒުވާނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުންގެ އޮފީހުން ބުނެފައިވެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ އަދީލް އަހުމަދު އެވެ. އޮޓޮޕްސީ ހެދުމަށް ފަހު އަދީލްގެ ހަށިގަނޑު މިރޭ ފަތިހު މާލެ ގެނައުމަށް ހަމަޖެހިފައިވާއިރު، އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ މާލޭގެ އާސަހަރާގަ އެވެ. ފުލުހުން އަދި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް، ނުވަތަ ހާދިސާ ހިނގި ރިސޯޓުގެ ނަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.