ޕީއެސްއެމްގެ ލައިވް ޕްރޮގްރާމުތަކަށް ޝައިހުން ނާރުވަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިމްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.

Advertisement
ޕީއެސްއެމްގެ ލައިވް ޕްރޮގްރާމުތަކަށް ޝައިހުން ނާރުވަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިމްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ލައިވް ޕްރޮގްރާމުތަކަށް ޝައިހުން ނާރުވަން ރައީސް އޮފީހުން އަންގާފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާފައިވާ ހަބަރަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ޓްވީޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކަށް ޖަވާބު ދެއްވަމުން ހޫދު ވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށާއި އެފަދަ އެންގުމެއް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެސްއެމްގެ ލައިވް ޕްރޮގްރާމުތަކަށް ޝެއިހުން ނާރުވަން އަންގާފައިވާ ކަމަށް ބުނެ އަޑުތައް ފެތުރެމުން އަންނައިރު މިދުވަސްވަރަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައިވާ މައްސަލައެއް ވެސް ހޫނުވެފައިވާ ދުވަސްކޮޅެކެވެ.
އެ ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިނާއި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އަންނަނީ ޖަމިއްޔާ އުވާލުމަށް ގޮވާލާ އަޑު އުފުލަމުންނެވެ.
އެ ޖަމިއްޔާގެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މައްސަލައިގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފިޔަވަޅު އެޅުން ލަސްވެފައިވާތީ އެކަމާ ގުޅިގެން ވެސް އާންމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
އެ ޖަމިއްޔާގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ މައްސަލައާ ގުޅިގެން އެމްޑީއެންގެ ބައެއް އިސް މީހުން ހޯދުމަށް ފުލުހުން އާންމު ކުރި ނަމަވެސް މިހާރު އެމީހުން ރާއްޖެއަކު ނެތެވެ. ނަމަވެސް އެމީހުން ފުލުހުންގެ މުއައްސަސާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާއިރު އެމީހުންނަށް ވަނީ 14 ދުވަހުގެ މުހުލަތެއް ފުލުހުން ދީފައެވެ.