ads
ފޮޓޯ ހއ އަތޮޅު ހޮސްޕިޓަލް
ޑޮކްޓަރު އިސްތިއުފާ ދިނުމުން ހއ އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް!
ހއ. އަތޮޅު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރު ނެތުމުން އާންމު އޮޕަރޭޝަންތަކާއި ވިހެއުމަށް ކުރާ އޮޕަރޭޝަން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކުރިން އެ ހޮސްޕިޓަލުގައި ހުރި ހޭނައްތާ ޑޮކްޓަރު ވަނީ ކިއްލި ގޮތަކަށް އިސްތިއުފާ ދީފައެވެ. 

ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މެނޭޖަރު އުސްމާން އަޝްރަފް ސީއެންއެމްއަށް މިއަދު ވިދާޅުވީ އަތޮޅު ހޮސްޕިޓަލުން ހޭނަށްތައިގެން ކުރާ އޮޕަރެޝަންތައް މިހާރު ވަނީ މެދުކަނޑާލެވިފައި ކަމަށެވެ. އަދި އަލުން އޮޕަރޭޝަންތައް މިމަހުގެ 18 ހިސާބު ކުރަން ފެށޭނެ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ ކުރިން އެ ހޮސްޕިޓަލުގައި ހުރި ހޭނައްތާ ޑޮކްޓަރު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނީ ކަމަށެވެ. އެހެންކަމުން އެރަށަށް މާޗްމަހުގެ 31 ވަނަ ދުވަހުގައި ވަނީ އާ ޑޮކްޓަރެއް ފޮނުވާފައި ކަމަށެވެ. އަދި އެ ޑޮކްޓަރު ކަރަންޓީނު ފުރިހަމަކޮށްފައިވީ ނަމަވެސް އެސެސްމެންޓެއް ހަދަން ޖެހޭތީ އޭނާގެ ބޭނުން އަދި ނުހުފޭކަމަށެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ  ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އާންމު އޮޕަރޭޝަންތަކާއި ވިހެއުމަށް ކުރާ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

ހއ އަތޮޅު ހޮސްޕިޓަލަކީ އުތުރުގެ ގިނަ ރަށްރަށުން ފަރުވާ ހޯދުމަށް އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން ހއ އަދި ހދ ގެ ބައެއް ރަށްރަށުން ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އާދެއެވެ. ގިނަ އަދަދެއްގެ ބަޔަކަކަށް ކޮންމެ ދުވަހަކު ފަރުވާ ދޭން ޖެހުނުނަމަވެސް އެ ހޮސްޕިޓަލުގައި ސްޓާފުންގެ އަދަދު މަދުކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް