ads
އީސީ ސަރަހައްދުން ދިއުމަށް ރައީސް ނަޝީދު ކާރަށް އަރަނީ --- ފޮޓޯ: ސީއެންއެމް
މުޒާހަރާގެ ކުރަނިކޮށް ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގެންފި!
އިލިކެޝަންސް ކޮމިޝަން ދޮށުގައި އިދިކޮޅުން މުޒާހަރާގެ ކުރަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގެންފިއެވެ.

އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގަތްއިރު އަރިހުގައި ރައްޔިޔުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ވަޑައިގަތެވެ. 

ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގެންއިރު އިދިކޮޅުން މުޒާހަރާ ކުރަން ގޮސް ތިބީ އިިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިންނާއި ވެސް އެކުއެވެ. އޭގެ ތެރޭގައި ގަައްސާނު މައުމޫނާއި އަބްދުއްރަހީމް އަބްދުﷲ ހިމެނެއެވެ. 

ރައީސް ނަޝީދު ވަޑައިގަތުމުން މުޒާހަރާގެ ބައިވެރިން ވަނީ އެމަނިކުފާނާއި ކުރިމަތިލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޮޑީގާޑުން ވަނީ ހުރަސް އަޅާފައެވެ. 

އިދިކޮޅުން ވަނީ ރައީސް ނަޝީދު އެ ސަރަހައްދަށް ދިއުމުންވެސް، ވޯޓަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަން ހާމަވާ ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ވަނީ އެކަމާ އަޑު އުފުލާފައެވެ.

ނަޝީދު އެ ސަރަހައްދުން ވަޑައިގަންނަވަން އުޅުމުން، އެ ސަރަހައްދަށް އެއްވެ އުޅުން އާންމުން ވަނީ ހަމަ ނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. 

އެ ސަރަހައްދުން ނަޝީދު ވަޑައިގެންނެވީ ފުލުހުންނާއި ނަޝީދުގެ ބޮޑީގާޑުންގެ އެހީތެރި ކަމާއެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް