ads
މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން ---
މިއަދު ވޯޓު ގުނުމުގެ މަސައްކަތެއް ކުރިއަށް ނުދާނެ:އީސީ
މިއަދު ވޯޓު ގުނުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާނެ ކަމަށް އިލެކްޝަން ކޮމޝަން(އީސީ) އިން ބުނެފި އެވެ.

އީސީގެ އިދާރާ ސަރަހައްދުކަމުގައިވާ ބާޖަމާލުއްދީން ސަރަހައްދުގައި އދިކޮޅުން މުޒާހަރާ ކުރަމުންދާ އިރުގައި އެހެން އީސީއިން އިއުލާނު ކޮށްފައިވަނީ ފުލުހުން މެދުވެރިކޮށް ލައުޑް ސްޕީކަރުން ނެެވެ.

މިއަދު T4 (ހެންވޭރު ދެކުނު) ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ އިސްވެރިން ވޯޓު މަރުކަޒަށް ވަޑައިގެން، އެތަނުގައި އަޑުގަދަކޮށް ހަދާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެމްޑީޕީގެ އިސްވެރިންނަށް އެ ތަނަށް ދިއުމަށް މަޖުބޫރުވީ އެކަމާއި ގުޅިގެން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އަދި ގާނޫނުގަިއވާ ގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމްއަށްވެސް ދަންނަވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. 

އިދިކޮޅުން މުޒާހަރާ ކުރި ސަރަހައްދަށް ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އެމްޑީޕީގެ އެހެން އިތުރު އިސްވެރިންވެސް ވަޑައިގެންނެވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް