ads
ވީޑިއޯ ރިޕޯޓު:
ލޯކަންކައުންސިލް އިންތިހާބު: ވޯޓު އޮޅުވާލި ބާ؟
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މޮނެޓީގެ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހުގައި ނިމިފައިވާ އިންތިހާބުގައި ބަހައްޓާފައިވާ 713 ފޮށި ވަނީ ގުނާ ނިމިފައި ކަމަށް އިލެކްޝަން ކޮމިޝަނުން ވާނީ ބުނެފަ އެވެ. ނަމަވެސް ބައެއް ފޮށިތަކުގައި މައްސަލަތައް ފާހަގަވެފައިވާތީ 18 ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީސީ އިން ވަނީ އަންގާފަ އެވެ.

އީސީއިން ބައެއް ފޮށިތަކުގައި މައްސަލަ އުޅޭ ކަމަށް ހާމަކޮސްފައިވާ އިރުގައި އަމިއްލަ ބައެއް ފަރާތްތަކުން އަންނަނީ އިންތިހާބުގައި އެމީހުންގެ ވޯޓު ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރަމުން ނެވެ.

އެގޮތުން ގއ.ކޮލަމާފުށީގައި ބެހެއްޓުމު މާފަންނު މެދު ދާއިރާގެ ފޮށްޓައް ރަޖިސްޓަރީވެފައިވަނީ ދެ ފަރާތެކެވެ. އަދި އެ ދެމީހުންގެ ތެރެއިން އެކަކު ވޯޓުލާފައިވާއިރުގައި އޭނާގެ ވޯޓު ދީފައިވަނީ އެމްޑީޕީގެ ކެޑިޑޭޓް އަހުމަދު ރިޝްވާނަށް ކަމަށް އީސީގެ ނަތީޖާއިން ހާމަ ވެއެވެ.

ނަމަވެސް އެ ފޮއްޓަށް ވޯޓުލާފައިވާ ފަރާތުން ބުނެފައިވަނީ އޭނާގެ ވޯޓު ވަނީ އިލެކްޝަން ކޮމިޝަނުން އޮޅުވާލާފައި ކަމަށެވެ.

"ވައްކަން ކުރާ ވަގުން އެގިހާމަވެއްޖެ" ކަމަށާއި އިލެކްޝަން ކޮމިޝަނުން ފާޅުގައި ވަނީ އޭނާގެ ހައްގަށް އަރާފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ ފާޅުކަން ބޮޑުގޮތަށް ވަރަށް ބަލާފައި އަމިއްލަ އަތުން ހޭބުއްދި ސަލާމަތުން ހުރެ އޭނާ ވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ނަރީޝްއަށް ވޯޓު ލާފައިވާ ކަމަށެވެ.

ނަމަވެސް އީސީ ޝަރީފް ވަނީ އޭނާގެ ވޯޓު "ކޮޅު ގޮހުރަށް" ދުއްވާލާފައި ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ސޮނެވާފުށި ރިސޯޓުގައި ބެހެއްޓުނު ބ.ކަމަންދޫ ފޮށްޓައް ރަޖިސްޓަރީވެފައި ވަނީ އެންމެ ފަރާތަކަށް ވާއިރުގައި އެ މީހާ ބުނެފައި ވަނީ އެއީ އޭނާ ވޯޓުލީ ގޮތެއް ނޫން ކަމަށެވެ. އަދި އޭނާގެ ވޯޓު ވަނީ އޮޅުވާލާފައި ކަމަށެވެ.

އަމިއްލަ ފަރާތްތަކުން އީސީއަށް ވޯޓު އޮޅުވާލިކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވެސް އަންނަނީ އީސީއަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް ކޮށްފަ އެވެ.

އެގޮތުން ސަރުކާރުން އިންތިހާބުގެ ނަތީޖާތަކަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ނަތީޖާ ބަދަލުކޮށް މިހާރު ކުރި ހޯއްދަވާފައިވާ ޕީޕީއެމްގެ މެމްބަރުން "ކަޓުވާލަން" މަސައްކަތް ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އަތޮޅު ކައުންސިލްތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތްއިރު އިލެކްޝަންސް ކޮމިޝަނަށް ވެސް ސަރުކާރުން ނުފޫޒު އެބައޮތް ކަަމަށް ހީނާ ވިދާޅުވި އެވެ.

ވޯޓާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަމަށް ކޯލިޝަން އޮތީ ތައްޔާރު ވެގެން ކަމަށްވެސް ހިނާ ވަނީ ވިދާޅުވެފަ އެވެ. 

އިއްޔެ ވޯޓު އޮޅުވާލި ކަމަށް ބުނެ، ދިއިކޮޅުން އިލެކްޝަން ކޮމިޝަން ދޮށަށް އެއްވެ އިދިކޮޅުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

އީސީއަށް ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށްފައިވާ އިރުގައި އެކަން އެކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. 

ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ދިޔައީ  އޮބްޒާވަރުންނާއި، މީޑިއާތަކުގެ ކުރިމަތީގައެވެ. އަދި އިންތިހާބޭ ބެހޭ ގާނޫނާއި، ގާނޫނު އަސާސީން ގާއިމްކޮށްފައިވާ އުންސުރުތަކުގެ ސަބަބުން މި ޒަމާނުގައި ރައްޔިތުންގެ ލޯ ކުރިމަތީގައި ވޯޓެއް އޮޅުވާލަން ވަރަށް ދަތިވާނެއެވެ. ނަމަވެސް އެއީ ނުވާނެކަމެކޭވެސް ނުބުނެވޭނެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ވޯޓު އޮޅުވާލިކަން ޔަގީންވާވަރުގެ ހެތްކެއް ހާމަކޮށްފައެއް ނެެތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް