އެގޮތުން ކަރީނާ "ކަލް ހޯނަހޯ" ފިލްމު ކުޅުމަށް ކަރަން އެދުމުން ކަރީނާ ވަނީ އޭނާއަށް ޝާހުރުކް ހާން އަށް ފިލްމުކުޅުމުން ލިބޭ ވަރަށް ކަރީނާއަށް ވެސް ލާރި ދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމަށް ކަރަން އިންކާރު ކުރުމުން ކަރީނާ ރުޅިއައި ކަމަށްވެސް އޭނާ ކިޔާދިނެވެ.
އަދި އޭނާއާ ވާހަކަ ނުދައްކާ ކަރީނާ ނުވަމަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށާއި އެކަމާ އޭނާ ވަރަށް ދެރަވި ކަމަށް ވެސް ކަރަން ވަނީ ބުނެފަ އެވެ.
"ކަލް ހޯނަހޯ" ފިލްމު ކުޅުމަށް ކަރީނާ އިންކާރު ކުރުމުން އޭނާ ވަރަށް ދެރަވި ކަމަށާއި އެންމެ ފަހުން އެ ފިލްމު ކުޅުމަށް ޕްރިތީ އަށް ދައުވަތު ދިނީ ކަމަށް ކަރަން ބުންޏެވެ.