ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ، މޭޔަރުކަން ކާމިޔާބު ކުރެއްވުުމުގައި ޕީޕީއެމްގެ ލީޑާޝިޕްއަށްވުރެ ބޮޑަށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓުންކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅިގެން ސީއެންއެމްގެ "އިތުރުކާފް" ޕްރޮގްރާމްގަައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕްއިން ދެއްވަންޖެހޭ އެއްބާރުލުން ދެއްވި ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް ވޯޓުދެއްވި މާލޭ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އިންސައްތައަކީ އެމްޑީޕީ މެންބަރުން ކަމަށެއެވެ.
އެހެންނަމަވެސް އެބޭފުޅުން އަދިވެސް ތިއްްބެވީ އެމްޑީޕީގައި ކަމަށާއި ޑރ. މުއިއްޒުއާއި ބައިތު ހިފަންޖެހުނީ މިހާރުގެ ސަރުކާރުގެ ތެރެއިން އެއްވެސް ވަރަކަށް ކަންކަން ނުހިގައިގެން، އެކަން ކަން ހައްލުކޮށް ރަނގަޅު ގޮތަކަށް ކަންކަންވުމުގެ އުންމީދުގައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރާނީ ހުރިހާ ރައްޔިތުންނާއި ގުޅުން ބާއްވައިގެން އެކުގައި ކަމަށެެއެވެ.
އެހެންކަމުން ޕީޕީއެމް އަދި އެެމްޑީޕީގެ ބޭފުޅުންވެސް ވޯޓުދެއްވި ކަމަށާއި، ޕީޕީއެމްގެ ވެސް އެންމެހެން އެމަނިކުފާނަށް ވޯޓުދެއްވި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;