އެގޮތުން “ފެރާރޯ ރޯޗާ ޗީޒް ކޭކް” ތައްޔާރު ކުރާނެ ގޮތް ކިޔާލަދޭނަމެއެވެ. މި ކޭކަކީ ގޭގައިވެސް ފަސޭހަކަމާއިއެކީ ތައްޔާރުކޮށްލެވިދާނެ ރަހަ މީރު ކޭކެއެކެވެ.
ބޭނުންވާ ތަކެތި:
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޯންފްލޭކްސް، ބަޓަރު އަދި ކޮކޯ ޕައުޑަރު އެޅުމަށް ފަހު އެއްކޮށްލާށެވެ. އޭގެ ފަހުން ޓްރޭއަކަށް އެއްކޮށްލި މިކްސްޗާ އެޅުމަށް ފަހު ބޭސް ތައްޔާރުކޮށް، ސެޓް ކުރަން ފްރިޖަށް ލާށެވެ.
ދެން އަވަނުގައި ހެޒްލް ނަޓްތައް ޓޯސްޓްކޮށްލުމަށް ފަހު މުގުރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ވެނީލާ އެސެންސް އާއި ކްރީމް ޗީޒްގެ ދެބައި ކުޅަ އެއްބައި އަދި ސަވާ ކްރީމްގެ ދެބައިކުޅަ އެއްބައި އަޅާ އެއްކޮށްލާށެވެ.
މި ތައްޔާރުކުރި ތަކެތި، ކުރިން ފްރިޖަށްލީ ކޯންފްލޭކްސް ބޭސްގެ މައްޗަށް އަޅާ ފަތުރާލުމަށް ފަހު އަނެއްކާ ވެސް ފްރިޖަށް ލާށެވެ.
އޭގެ ފަހުން ޗޮކްލެޓް ދިޔާކުރުމަށް ފަހު ބާކީ ހުރި ކްރީމް ޗީޒާއި ސަވާ ކްރީމް އެއާ އެއްކޮށްލާށެވެ. ދެން ކުރިން ތައްޔާރުކުރި ލޭޔާގެ މައްޗަށް އަޅާލުމަށް ފަހު ފަތުރާލާށެވެ. އަދި އޭގެ މައްޗަށް ފެރާރޯ ޗޮކްލެޓްތައް އަތުރާލާށެވެ.
މިގޮތަށް ހެދުމަށް ފަހު ގާތްގަނޑަކަށް ބައިގަޑިިއިރު ފްރިޖުގައި ބެހެއްޓުމުން ހުންނާނީ ފެރާރޯ ރޯޗާ ޗީޒް ކޭކް ތައްޔާރުކުރެވިފަ އެވެ.
މިއީ ރޯދަވީލާ ގަޑީގައި ޑިޒާޓަކަށް ބޭނުންކޮށްލަން ވަރަށް ކަމުދާނެ ކޭކެވެ. އަޖުމަ ބަލާލަން މިއަދު ގޭގައި ތައްޔާރު ކޮށްލާށެއެެވެ