ads
ފޮޓޯ ދިރާގު:-
ދިރާގުން ރޯދަ މަހަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފި
ދިރާގުން މި ރޯދަ މަހުގައި އާއިލާ އާ ރައްޓެހިނާ ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ހާއްސަ އޮފަރު ތަކެއް ތައާރަފުކޮށްފިއެވެ.

އެގޮތުން ރޯދަ މަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ބޫސްޓަރ އެކްޓިވޭޓް ކުރައްވާ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ. 

ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެއެވެ.

މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ރޯދަ މަހު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓަރސް އަދި ބަންޑަލްތައް ބައްލަވައިގަތުމަށް ކުރައްވާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައިއެވެ.

ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެއެވެ. 

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓްގެ މި ލިންކަށް(https://bit.ly/3a1yQDI) ވަދެވަޑައިގެން ދެއްކެވޭނެއެވެ. 

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅުއްވައިގެން ފިތުރު ޒަކާތް ދެއްކެވޭނެވެ.

ދިރާގުން މަސައްކަތް ކުރުމުން ދަނީ މި މާތް މަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. ދިރާގުން އުންމީދު ކުރަނީ މި ބަރަކާތްތެރި ރަމަޟާން މަހަކީ އަމާން އަދި ބާއްޖަވެރި މައްސަރެއް ކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ވެގެން ދިޔުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް