ads
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު----
6 ދާއިރާއެއްގެ ވޯޓު ފޮށީގެ ވޯޓު އަލުން ގުނައިދޭން އެމްޑީޕީއިން އެދެފި
6 ދާއިރާއެއްގެ ވޯޓު ފޮށީގެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ، އެކަންކަން ބެލުމަށް ވޯޓު އަލުން ގުނައިދޭން އެމްޑީޕީއިން އެދެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއިން ސިޓީ ކައުންސިލްއަށް ވާދަކުރެއްވި 17 ދާއިރާގެ ތެރެއިން މާލޭ ސިޓީގެ 6 ދާއިރާއެއްގެ ވޯޓުފޮށީގެ ޝަކުވާތަކެއް މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. 

އަދި އެމްޑީޕީން އެދެނީ ކޮމިޝަނުން އެކަންކަން ރަނގަޅަށް ބަލައިދިނުމަށް އެ ވޯޓު ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް ކަން ވެސް ފާހަގަކުރެއްވިއެވެ. 

ޝަކުވާ ހުށަހަޅުއްވާފައިވާ ދާއިރާތައް: 

  1. މެދު ހެންވޭރު ދާއިރާ 
  2. ހެންވޭރު ދެކުނު ދާއިރާ
  3. ހޭންވޭރު ހުޅަނގު ދާއިރާ
  4. މައްޗަން ގޯޅި އުތުރު ދާއިރާ
  5.  މާފަންނު އުތުރު ދާއިރާ
  6. މާފަންނު ހުޅަނގު ދާއިރާ

މީގެ އިތުރުންވެސް ބާތިލު ވޯޓާއި ގުޅޭގޮތުންވެސް އެ ޕާޓީން ވަނީ ޝަކުވާ ހުށަހަޅާފައެވެ. 

"އޭގެ އެންމެ ބޮޑު އެއް ކަމެއްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، މިހާތަނަށް ނަތީޖާއިން އެންމެ މަތީގައި އޮތް ކެނޑިޑޭޓަށް ލިބިފަ އޮތް ވޯޓާއި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައޮތް ވޯޓާއި ދެމެދުގައި ހުރި ފަރަގަށްވުރެ، ބާތިލު ވޯޓުގެ އެ ފަރަގު އެތައް ގުނަޔަކުން އިތުރުވެފަ ހުރިތަން އަޅުގަނޑުމެންނަށް އެބަ ފެނޭ"

ހަމައެއާއިއެކު ފާއިތުވި އަހަރުތަކުގައި 2009 އަކުން ފެށިގެން ބާތިލު ވޯޓު ހުރިނެތްގޮތްވެސް ބެލިއިރު އެ ހިސާބުތަކުންވެސް ފާހަގަވަނީ އެ އަހަރުތަކަށްވުރެ މިއަހަރުުގެ އިންތިހާބުގެ ބާތިލުވޯޓު ގިނަކަން ކަމަށްވެސް ލަތީފު ވިދާޅުވިއެވެ. އޭގެ އިތުރުން ވޯޓުލުމުގައި އިލެކްޝަން ކޮމިޝަނުން މިފަހަރު ގެންގުޅެފައިވާ ގޮތްތަކުގެ ޝަކުވާތައްވެސް މިއަދު ހުށަހަޅާފައިވާނެ ކަމަށް ލަތީފު ވިދާޅުވިއެވެ. 

އެެހެންކަމުން އެފަދަ ބައެއް ޝަކުވާތައް ހުުމާއިއެކު އެ ޕާޓީން ބޭނުންވަނީ އެ ދާއިރާގެ ވޯޓު ފޮށިތަށް އަލުން ގުނައިދިނުމަށް ކަމަށް ލަތީފު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް