ads
ވީޑިއޯ ރިޕޯޓު-
މުލަ ރޯދަ ދުވަހުގެ ހަމަނުޖެހުން: ހަގީގަތަކީ ކޮބާ؟
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމުގެ ފޯރި ވަރަށް މަޑު ކަމަށް އެންމެން ވެސް ފާހަގަ ކުރިއެވެ. ނަމަވެސް ވޯޓު ލުމުގެ ފޯރި މަޑަސް ވޯޓު ގުނުމުގެ ފޯރި ވަކި މަޑެއް ނޫނެވެ. މިގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހު ދެ ޕާޓީން މިވަނީ އީސީ ދޮށަށް އެއްވެ ބޮޑު ކޯޅުންގަނޑެއް އެތާ ކުރިމަތީގައި ކޯޅިފައެވެ. ދެ ޕާޓީން ދެ ޕާޓީގެ ބޮލަށް އެ ހަމަނުޖެހުންތަން ކަނޑާން މަސައްކަތްކުރާއިރު، މި ހަމަނުޖެހުންތަކިގެ ހަގީގަތީ ކޮބައިތޯ؟ މިއީ އުފެދޭ ސުވަލެކެވެ.

އެގޮތުން އިއްޔެ މެނދުރު ގަޑީގައި ގިނަ ބަޔަކު އިލެކްޝަން ކޮމިޝަނުގެ ތެރެއަށް ވަދެ ވަނީ ހަމަނުޖެހުން އުފައްދާފައެވެ. އިލެކްޝަން ކޮމިޝަނުގެ ތެރޭގައާއި ބޭރުގައި ތިބި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ވޯޓު އޮޅުވާލި ކަމަށެވެ. އަދި އެމީހުން ހަމަނުޖެހުން އުފައްދަން ޖެހުނީ ރައީސް ނަޝިދު އިލެކްޝަން ކޮމިޝަނުގެ ތެރެއަށް ވަދެ ވޯޓު އޮޅުވާލުމަށް މަސައްކަތް ކޮށްފައި ވާތީ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ. 

އިއްޔެގެ މުޒާހަރާތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅުމުން އެބޭފުޅާ ނެރެފައިވަނީ ބޮޑީގާޑުންނާއި ފުލުހުންގެ އެހީގައެވެ. 

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާ އިލެކްޝަން ކޮމިޝަނުގެ ތެރެއަށް ނުވަންނަ ކަމަށައި، އެމަނިކުފާނު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ T4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރުންނާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއިރު ވެސް ނުނިކުންނެވީމަ ކަމަށެވެ. 

އީސީގެ އޮފިޝަލުން ނޫން އެއްވެސް މީހަކު އީސީގެ އިދާރާއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށާއި ރައީސް ނަޝީދު ހުންނެވީ ބޭރުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވަޑައިގަތް އިރު އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވެސް ވަޑައިގަތެވެ. 

ރައީސް ނަޝީދު އީސީގެ އިދާރާ ސަރަހައްދަށް ވަޑައިގެންއިރު އިދިކޮޅުން މުޒާހަރާ ކުރަން ގޮސް ތިބީ އިިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިންނާއި ވެސް އެކުއެވެ. އޭގެ ތެރޭގައި ގަައްސާނު މައުމޫނާއި އަބްދުއްރަހީމް އަބްދުﷲ ހިމެނެއެވެ.  

ނަމަވެސް ހުއްޓުމެއް ނެތި އިދިކޮޅުން ބުނަމުން ދިޔައީ ނަޝީދު އިލެކްޝަން ކޮމިޝަނުގެ ތެރެއަށް ވަދެ ވޯޓު އޮޅުވާލި ކަމަށެވެ. 

ކޮންމެއަކަސް ފުރަތަމަ ރޯދައިގެ ވަރުބަލި ކަމެއްނެތި އިއްޔެ އިލެކްޝަން ކޮމިޝަނު ތެރެ އޮތީ ވަރަށްވެސް ފޯރި ގަދަކޮށެވެ. ވޯޓުލީ ދުވަހުގައި އެންމެނަށް ނުފެނިގެން އެވާހަކަ ދެއްކި ފޯރި އިއްޔެ އޮތީ ފެނިފައެވެ. 

މި ހަމަނުޖެހުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ އިއްޔެ އިތުރަށް ވޯޓު ނެގުނުމަށް ނިންމާފައެވެ. 

މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ހިނގާދިޔަ ހަމަނުޖެހުމާ ގުޅޭގޮތުން ދެ ޕާޓީން ވެސް ހެދީ ދޮގު ކަމަށާއި، ދެ ޕާޓީންވެސް މީޑިއާތަކުގައި ވާހަކަދައްކާފައިވަނީ ހަގީގަތް އޮޅޭ ގޮތަށް އެ ޕާޓީއެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށެވެ.   

ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަކަކުން ވެސް މިކަން ރިޕޯޓްކޮށްފައިވަނީ އަދި މީޑިއާގައި ވާހަކަދައްކާފައިވަނީ ކޮންމެ ފަރާތަކުންވެސް އެބޭފުޅުންގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް އެހެންވީމަ އެ ސިޔާސީ ޕާޓީތަކުން މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހަގީގަތާއި ހިލާފަށް. ހަގީގަތަކީ އަޅުގަނޑުމެން މިއަދު މިކަން ހިނގައިގެން މި ސަރަހައްދަށް އައިރު އާއްމު ގިނަ ފަރާތްތަކެއް މިތާ ތިބީ. ތިބީމަ މީހުން ގިނަ ވަމުންދާ ވަރަކަށް އަޅުގަނޑުމެން ކޮންވިސް ކޮށްދެވޭތޯ ބެލީ މިއަދު މި ކުރިއަށް ގެންދަނީކީ ޝަކުވާތަކާއި ގުޅިގެން ނަތީޖާއަށް ބަދަލު އަންނާތީ ބައެއް ފަރާތްތަކަުން ހުށަހަޅާފައިވާ މައްސަލައެއް ނޫނޭ މިއަދު މި ބަލަނީކީ. ވޯޓު ގުނަންޖެހޭ ފޮށިތައް އަލުން ގުނަންވެގެން އުޅޭކަމަށް އާއްމު ފަރާތްތަކަށް ކޮންމެވެސް ގޮތަކުން މައުލޫމާތު ލިބިގެން ވަރަށް ގިނަ ފަރާތްތަކެއް މިތަނަށް އައީ.  -އީސީ ޝަރީފް-

ވޯޓުލީ ދުވަހުގައި ވެސް އެންމެން ދެއްކި ވާހަކަ އަކީ ނަޝީދު ވޯޓަށް ނުފޫޒު ފޯރުވުމަށް ވޯޓުލާ މަރުކަޒުތަކަށް ގޮސް އުޅުނު ވާހަކައެވެ. ނަމަވެސް އެދުވަހު އިދިކޮޅު ލީޑަރުން ކަމުގައިވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ގައްސާން މައުމޫނުވެސް އެ ބޭފުޅުން ވޯޓުލާން ނުޖެހޭ މަރުކަޒެއްގެ ތެރޭގައި އުޅުއްވާ ފޮޓޯ ވަނީ ލީކު ވެފައެވެ. 

އިއްޔެގެ ހަމަނުޖެހުމުގައި ގިނަ ބަޔަކު ރައީސް ނަޝީދަށް ފާޑުކީކަމުގައި ވިއަސް ހަގީގަތަކީ އިއްޔެ އެމަނިކުފާނު އެވިދާޅުވީ ތެދު ކަމެވެ. 

އީސީއަށް އެންމެ ފުރަތަމަ ވަދެ ޝަކުވާ ކޮށްފައިވަނީ އިދިކޮޅުންނެވެ. އެގޮތުން ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ސުޖާއިއާއި ބައެއް އޮބްޒާވަރުން ވެސް ހިމެނޭގޮތައް އީސީގެ ރައީސް ޝަރީފް އާ ހޫނު ބަހުސެއް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. 

އެމަނިކުފާނު އެތަނަށް ވަޑައިގަތީ އިދިކޮޅުގެ އިސްވެރިން އީސީއަށް ވަދެ، ގިނައިރުތަކެއް ވާން ފެށުމުންނެވެ. މިކަމަށް ހެކިދޭ ވީޑިއޯތަށް ވެސް މިހާރު އަންނަނީ މީސްމީޑިއާގައި ދައުރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް