ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން އެމްޑީޕީން ނެރުނީ ރަނގަޅު ސިޔާސަތެއް: ޝިޔާމް
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން އެމްޑީޕީން ނެރެފައިއޮތީ ރަނގަޅު ސިޔާސަތެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެމްޑީޕީއިން ނެރުނު ސިޔާސަތު ދެކުނިން ކަމަށާއި އެއީ ރަނގަޅު ސިޔާސަތުތަކެއް ކަމަށެއެވެ. 

އެހެންނަމަވެސް ސަރުކާރު އެކުލެވިގެން އެ ސިޔާސަތުތައް ތަންފީޒުކުރަން ވުމުން ފެނުނީ އެ ސިޔާސަތުތައް ނޭގޭ ބަޔަކު އެ ސިޔާސަތުތައް ތަންފީޒު ކުރަން ތިބިތަންކަމަށެއެވެ. 

"އެ ސިޔާސަތުތަކާއި ހަވާލުވެގެން ތިބިތަން. އެކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އެމްޑީޕީގެ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާއިން ފެށިގެން މިވަނީ ފެއިލްވެފަ. ކަމެއް ރަނގަޅު ކުރުމުގެ ރަނގަޅު ނިޔަތެއް އޮވެއްޖެނަމަ ކުރަންޖެހޭ ކަންތައްތައް ރައްޔިތުންނަށް އެބައިގޭ" ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އެމްޑީޕީގެ ބޮޑު މެޖޯރަޓީއަކީ ކަންކަން ރަނގަޅުކުރަން ދީފައިވާ މެޖޯރިޓީއެއް ކަމަށެއެވެ. އެހެންކަމުން ސަރުކާރުގެ މުވައްސަސާއަކާއި ހަވާލުވެގެން ހުންނަ ވަޒީރުމީހާ ގޯސްވުމުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް އެކަން އިގެންޖެހޭ ކަމަށާއި އެކަން ކަން ރަނގަޅު ކުރަންވެސް އިގެންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައްޔިތުން އަނެއްކާވެސް ބަސްބުނީ އެކަންކަން ރަނގަޅުނުކޮށް ދިގުލާ ދާތީ ކަމަށެއެވެ. 

"ރައްޔިތުންނަކަށް މިތަނަކަށް އިއްޒަތްތެރި ރައީސް ނުއެއް ވަދެވޭނެ، ނާގާބިލް ވަޒީރުން ވަކިކުރާކަށް ނާގާބިލް މެނޭޖިން ޑިރެކްޓަރުން ވަކިކުރާކަށް. ރައްޔިތުން މެންޑޭޓެއް ހަވާލުކޮށްފަ ރައްޔިތުން ޒިންމާތަކެއް ހަވާލުކޮށްފަ މިތިބީ މިތާ މިތިބަ 65 މެންބަރުންނަށް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންނަށް މިއަދު ނުބުނެވޭނެ މިއީ އެމްޑީޕީ ވެރިކަމެއް ނޫނެކޭ. މިއީ އެމްޑީޕީ ވެރިކަމެއް. އެމްޑީޕީއަށް ވޯޓުދިނީ. ތިލަފަތައް ވޯޓުދިނީ. މިފަހަރު ރުކަށް" ޝިޔާމް ވިދާޅުވިއެެވެ.

  

ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުން މިއަދު 11 އަހަރަށްފަހު ބަދަލެއް ބޭނުންވުމުން އޭގެން ވަރަށް ގިނަ ވާހަކަތައް ބުނެދޭ ކަމަށެއެވެ. އެގޮތުން ތިލަފަތުން ރުކަށް ރައްޔިތުން ވޯޓުލީ އެ ސިޔާސަތުތައް ތަންފީޒު ނުކުރެވުމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް