ads
ދިވެހި ބަހުގެ އެކަޑެމީގެ ޓިކްޓޮކް އެކައުންޓު ލޯންޗު ކުރުމުގެ ތެރެއިން ---
ދިވެހި ބަހުގެ ދުވަހު ދިވެހި ބަހުގެ އެކަޑެމީ ޓިކްޓޮކަށް!
މިއަދު ރާއްޖޭގައި ފާހަގަ ކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހި ބަހުގެ އެކަޑެމީއިން ޓިކްޓޮކް ބޭނުން ކުރަން ފަށައިފިއެވެ.

ދިވެހި ބަހުގެ އެކަޑެމީން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި، ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ޓިކްޓޮކް އެކައުންޓު އިފްތިތާހު ކޮއްދެއްވީ އެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ އެވެ. 

ބަހުގެ އެކަޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާއިރު، މިހާތަނަށް މި އެކައުންޓުގައި ހަތަރު ވީޑިއޯއެއް ހިއްސާކޮށްފައިވެއެވެ.

އެގޮތުން މި އެކައުންޓުގައި އެންމެ ފުރަތަމަ ހިއްސާކޮށްފައިވާ ވީޑިއޯއަކީ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެކެވެ. އޭގެ އިތުރުން ދިވެހި ބަހުގެ އެކަޑެމީގެ އެތެރޭގެ އެކި ތަންތަނާއި، އެކަޑެމީގެ ކުތުބުހާނާ ފެންނަ ވީޑިއޯތައް ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލިސް އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ ޓިކްޓޮކް ބޭނުން ކުރަން ފަށާފައެވެ. 

ޓިކްޓޮކަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު އެޕެކެވެ. އެގޮތުން ތަފާތު ލަވަކަތަކަށް ނެށުމާއި އެކްޓްކުރުން ފަދަ ކަންކަން އެ އެޕް މެދުވެރިކޮށް ގިނަ އަދަދެއްގެ ދިވެހި ޒުވާނުންވެސް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް