ads
އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގޯއާ ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ޗެމްޕިއަންސް ލީގު: ގޯއާގެ ތާރީޚީ އަދި އުއްމީދީ ފެށުން
އޭއެފްސީ ޗެމްޕިއަންސް ލީގު ކުޅޭ ދެކުނު އޭޝިޔާގެ ފުރަތަމަ ކްލަބުގެ ޝަރަފާއި އެކު މުބާރާތުގެ ފުރަތަމަ މެޗުން އިންޑިޔާގެ ގޯއާ އެފްސީނ ޕޮއިންޓެއް ހޯދައިފިއެވެ. ގޯއާއިން ޕޮއިންޓެއް ހޯދީ، ގަތަރުގެ އައްރައްޔާނާ ދެކޮޅަށް ބުދަ ދުވަހު ކުޅުނު މެޗު އެއްވަރުކޮށްގެނެވެ.

އޭޝިޔާގެ ކްލަބުތަކުގެ އެންމެ މަތީ ފެންވަރުގެ މުބާރާތުން ގޯއާ އެފްސީއަށް ޖާގަ ލިބުނީ މިދިޔަ އަހަރުގެ އިންޑިއަން ސުޕަރ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އޭއެފްސީން ނިންމާފައިވަނީ އިންޑިއަން ސުޕަރ ލީގުގެ ލީގު ޗެމްޕިއަނުންނަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ދޭށެވެ. މި ފުރުސަތަކާ އެކު ކޮލިފައިވި ގޯއާއިން ފުރަތަމަ މެޗުގައިވަނީ އާދަޔާ ޚިލާފު ނަތީޖާއެއް ދައްކާފައެވެ.

ގޯއާ އެފްސީ ހިމެނޭ ގްރޫޕުގެ މެޗުތައް ގޯއާގައި ކުރިއަށްދާއިރު، ދެން އެ ޓީމު ކުޅެން ޖެހޭ މެޗުގައި ވާދަކުރާނީ ޔޫއޭއީގެ އަލްވަހްދާއާއެވެ. މި މެޗު އޮންނާނީ މި މަހުގެ ސަތާރަވަނަ ދުވަހުއެވެ.

ގޯއާ އެފްސީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަދި އަލަށް ވާދަކުރިނަމަވެސް ގޯއާއަށް ނިސްބަތްވާ ބައެއް ކުލަބުތަކުްވަނީ ވަނީ އޭއެފްސީ ކަޕުގައި ކުރިން ކުޅެފައެވެ. އިންޑިޔާގެ ގޯއާއަކީ އިންޑިޔާގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ އެއް ސަރަހައްދެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް