ads
އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން--
ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން: ޔުމްނާ
ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފަންނާއި، ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

އެގޮތުން ފަންނުވެރިންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ، ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް ލިބުން މުހިއްމު އެކި ހައްގުތަކާއި ލިބުން ހައްގު އިހުތިރާމާއި ހައިސިއްޔަތު ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާގެ ތެރެއިން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ކުރެހުންތެރިން އަދި އެހެނިހެން ފަންނާނުންނަށް އިތުރު ފުރުސަތުތައް ލިބޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އަދި އެވެ. ކުރެހުންތެރިންނާއި އެހެނިހެން ފަންނާނުންނަށް އާމްދަނީ ހޯދުމުގައި އަދި ފިކުރީ މުދާ ރައްކާތެރިކުރުމުގައި ލުއިތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ މޮޅު ކުރެހުންތެރިންތަކެއް ތިބި ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރެހުމުގެ އިތުރުން އެއާއި ގުޅުންހުރި ދާއިރާތައް ތަރައްގީ ކުރުމަށް މިހާރުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

މި މަސައްކަތުގެ ދަށުން ނޭޝަނަލް އާޓް ގެލެރީ ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހގަަ ކުރެއްވިއެވެ. އަދި ދިވެހި ކުރެހުންތެރީންނަށް އެކިއެކި އެކްސްޗޭންޖް ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ކުރިއެރުވުމަށް މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ރޭވިފައިވާ ކަމަށެވެ. އަދި މިފަދައިން ބިނާ ކުރާ މަރުކަޒުތައް މެދުވެރިކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރުވެރި ކުރެހުންތެރިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަހަކީ އޭޕްރީލް 15 ކަމުގައި ޔުނެސްކޯގެ އާންމު ޖަލްސާ އިން ނިންމާފައިވަނީ 2019 ވަނަ އަހަރުއެވެ. އެގޮތުން މި ދުވަހަކީ މުޖުތަމައުއާއި ކުރެހުމާއި ހުރި ގުޅުން ފާހަގަކޮށް، ކުރެހުން މެދުވެރިކޮށް ފާޅުކުރެވޭ ހިޔާލުތަކުގެ ސިންދަފާތުކަން ބަލައިގަނެ، ދެމެހެއްޓެނިވި ތަރައްގީގައި ކުރެހުންތެރިން އަދާކުރާ މުހިންމު ރޯލު ފާހަގަ ކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް